ޚަބަރު
އެއާއިންޑިއާ ފްލައިޓް ވެއްޓުނު ހާދިސާ: ބޯޓުގެ ކަޅު ފޮށިން މައުލޫމާތު ނަގައިފި

ޖޫން މަހުގެ 12 ވަނަ ދުވަހު ވެއްޓުނު އެއާއިންޑިއާ ފްލައިޓުގެ ކަޅު ފޮށި ނަގާ، އޭގައި ހުރި މައުލޫމާތާއި ޑޭޓާ ދިރާސާ ކުރަމުންދާ ކަމަށް އިންޑިއާގެ ސަރުކާރުން ބުނެފިއެވެ.

އެއާއިންޑިއާގެ ބޯއިން 787-8 ޑްރީމްލައިނާ، ފްލައިޓު އޭއައި 171 ވެއްޓުމުގެ ސަބަބުން ޑާޓާ ރެކޯޑަރު (އެފްޑީއާރު) އާއި ކޮކްޕިޓް ވޮއިސް ރެކޯޑަރު (ސީވީއާރު) އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިހެން ވުމުގެ ސަބަބުން ކަޅު ފޮށިން މައުލޫމާތު ނަގަން ދަތިވާނެ ކަމަށް ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެހެންނަމަވެސް، އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން ވަނީ ކްރެޝް ޕްރޮޓެކްޝަން މޮޑިއުލް (ސީޕީއެމް) އާއި މެމޮރީ މޮޑިއުލް ސަލާމަތްކޮށް، އޭގައި ހުރި މައުލޫމާތު ޑައުންލޯޑްކޮށްފައެވެ.

ބޯޓުގެ އެއް ކަޅު ފޮށި ފެނިފައިވަނީ ބޯޓު ވެއްޓުނު މެޑިކަލް ކޮލެޖުގެ ހޮސްޓެލްގެ ފުރާޅުމަތިންނެވެ. އަނެއް ކަޅު ފޮށި ފެނިފައިވަނީ ބޯޓުގެ ބައިތަކުގެ ތެރެއިންނެވެ.

ސީވީއާރުގެ މައުލޫމާތުތަކުން ކޮކްޕިޓްގައި ހިނގި ވާހަކަތަކާއި، ފްލައިޓުގެ މުވައްޒަފުންގެ ރިއެކްޝަންތަކާއި، އަދި ވަށައިގެން އިވުނު އަޑުތަކުގެ އިތުރުން ބޯޓުގެ ކެޕްޓަން ސަބަރަވާލް “މޭޑޭ” މެސެޖު ފޮނުވި ވަގުތު ސީދާ އެނގިގެންދާއިރު،  އެފްޑީއާރުގައި ހިމެނެނީ ބޯޓު އުދުހުނު އުސްމިން، ސްޕީޑް، ފްލައިޓް ކޮންޓްރޯލް އިންޕުޓްސް އަދި އިންޖީނާ ގުޅޭ މައުލޫމާތުތަކެވެ.

ބޯޓު ވެއްޓުނު ސީދާ ސަބަބު އަދިވެސް ސާފުނުވި ނަމަވެސް، ލަފާކުރެވޭ ގޮތުގައި ބޯޓު ވެއްޓެން މެދުވެރިވި މައިގަނޑު މައްސަލަ އަކީ ދެ އިންޖީނަށް ވެސް ދިމާވި މައްސަލައެއްގެ ސަބަބުން ނުވަތަ ސިސްޓަމްތަކަށް ހައިޑްރޯލިކް ނުވަތަ އިލެކްޓްރޯނިކް ފެއިލްއެއްވީ ކަމަށެވެ.

މި ހާދިސާގައި އެކަކު ފިޔަވާ ބޯޓުން ދަތުރުކުރި 241 ފަސިންޖަރުން ވަނީ މަރުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!