ޚަބަރު
ވިލިދޫނި ބަގީޗާ، މަރާމާތު ކުރުމަށް ވަގުތީ ގޮތުން ބަންދު ކޮށްފި

ވިލިމާލޭގައި ހުންނަ ވިލި ދޫނި ބަގީޗާ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށްޓަކައި މިއަދު ވަނީ ވަގުތީ ގޮތުން ބަންދު ކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި މި ޕާކަކީ އަމިއްލަ ފަރާތެއް ކަމަށްވާ ފިޔަ ފައުންޑޭޝަނުން ތަރައްގީކޮށް، 2021 ވަނަ އަހަރުގެ މެއި 10 ވަނަ ދުވަހު ކުޑަކުދިންގެ ދުވަހާ ދިމާކޮށް މާލެ ސިޓީ ކައުންސިލާ ހަވާލު ކޮށްފައިވާ ތަނެކެވެ.

“މިހާރު މި ޕާކުގައި ކުޑަ ކުދިން ކުޅެން ބޭނުންކުރާ ޓްރެމްޕޮލިން، ސްލައިޑް އަދި އުނދޯލި ފަދަ ތަކެތި، ގިނަ ދުވަސްވެ ހަލާކުވުމުގެ އިތުރުން، ޕާކުގެ ވަށައިގެންވާ ފެންސް ވެސް ހުރީ ނެއްޓިފައި، މި ކަންކަން ރަނގަޅު ކުރުމަށް ބޮޑު މަސައްކަތެއް ކުރަން ޖެހިފައިވާތީ ޕާކު ވަނީ، ވަގުތީގޮތުން ބަންދުކޮށްފައި،” މާލެ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މަރާމާތުގެ މަސައްކަތުގެ ތެރޭގައި ޕާކު ވަށައިގެން އައު ފެންސު ޖެހުމާއި، އައު ޓްރެމްޕޮލިން، ސްލައިޑް، ޕަޒްލް އަދި މެއިޒް ފަދަ ކުދިން އުފާވާނޭ ކުޅޭސާމާނު ބެހެއްޓުން ހިމެނެއެވެ. މީގެއިތުރުން ޕާކުގައި ޗައިލްޑް ސޭފް މެޓް އެޅުމާއި، އެކި ކުލަކުލައިގެ ބަގީޗާ ގަސް ހައްދައި ޒީނަތްތެރި ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެއެވެ.

މާލެ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި މި ހިނގާ ޖުލައި މަހުގެ ނިޔަލަށް ހުރިހާ މަރާމާތެއް ނިންމައި، އަލުން ޕާކު ހުޅުވުމަށް ވަނީ ރޭވިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!