ޚަބަރު
ސްކޫލްތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް 5 ޑެޕިއުޓީ ސުޕަރއިންޓެންޑެންޓުން ހަމަޖައްސައިފި

ރާއްޖޭގެ ސްކޫލްތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ތަޢުލީމީ ވުޒާރާއިން 5 ޑެޕިއުޓީ ސުޕަރއިންޓެންޑެންޓުން ހަމަޖައްސަވައިފިއެވެ. މި މަޤާމުތަކަކީ ސްކޫލްތަކުގެ އިދާރީ ކަންކަން ހަރުދަނާކުރުމަށް މިދިޔަ މަހު އުފައްދަވާފައިވާ މަޤާމުތަކެކެވެ.

މި މަޤާމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ކުރިން ހަމަޖައްސަވާފައިވާ އިސްމާޢީލް ސަޢުދުﷲ ގެ ދަށުން މަސައްކަތްކުރާ ގޮތަށް، އަލަށް ހަމަޖެއްސެވި 5 ޑެޕިއުޓީ ސުޕްރިންޓެންޑެންޓުންނަކީ

  1. ފަޒްނާ ޔޫސުފު ފާރިގް،
  2. އަހުމަދު ފައިސަލް،
  3. މުހައްމަދު ނަތީމް،
  4. އާމިނަތު ޒީނިޔާ،
  5. އަލީ މުފީދު.

ސްކޫލްތަކުގެ ސުޕަރއިންޓެންޑެންޓުންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސްކޫލްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަން ދެނެގަނެ، އެކަންކަމުގައި ބައިވެރިވުމާއި، ގައުމީ މަންހަޖަށް ލަފާ ދިނުން ހިމެނެއެވެ. މީގެ އިތުރުން، އަހަރީ ބަޖެޓް ތައްޔާރުކުރުމާއި، ޒޯނު އޮފީހާއި ޒޯނުގައި ހިމެނޭ ސްކޫލްތަކުގެ މާލީ ހިސާބުތައް ބެލެހެއްޓުމަކީވެސް މި ފަރާތްތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ތަޢުލީމީ ވުޒާރާއިން މިހާރު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ސްކޫލް އެޑްމިނިސްޓްރޭޝަން ދާއިރާ ހަރުދަނާކުރުމަށެވެ. މި މަޤާމުތައް އުފެއްދެވުމަކީ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކޮށް، އިތުރަށް ހަރުދަނާކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!