ޚަބަރު
ތިނަދޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒާހިޔާ ނިޔާވެއްޖެ

ތިނަދޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮލަށް ބޮޑެތި އަނިޔާތަކެއްވެ، ހާލު ވަރަށް ބޮޑަށް ގޯސްވެގެން ފަރުވާދެމުން ދިޔަ ޒާހިޔާ ނިޔާވެއްޖެއެވެ.

އިތުރު ފަރުވާ ހޯދުމަށް އިންޑިޔާއަށް ގެންގޮސް ފަރުވާއަށް ފަހު މާލެ ގެނެވުނު ނަމަވެސް، ޒާހިޔާގެ ހާލަތު އަނެއްކާވެސް ގޯސްވެ، އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ.

ފުލުހުންގެ މަޢުލޫމާތު ދިނުމުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ 2025 އޭޕްރިލް 27 ވަނަ ދުވަހުގެ 15:47 ހާއިރު، ތިނަދޫ ސިޓީގެ ކުރީގެ ހުކުރު މިސްކިތް ކައިރީގައެވެ. އެކްސިޑެންޓްގައި ކާރަކާއި ސައިކަލެއް ޖެހި، ސައިކަލުގައި ދުއްވަން އިން 31 އަހަރުގެ އަންހެން މީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

އެކްސިޑެންޓާ ގުޅިގެން އަނިޔާ ލިބުނު އަންހެން މީހާއަށް ފުރަތަމަ ފަރުވާ ދެވިފައިވަނީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައި.ސީ.ޔޫގައެވެ. އޭނާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން، އިމަޖެންސީކޮށް މާލެ ގެނެވުނެވެ.

މި މައްސަލައިގައި ކާރު ދުއްވި ފަރާތް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި، ތަހުގީގަށް ސުވާލުކުރެވިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!