ޚަބަރު
މިނިވަންދުވަހު ހިންގުމަށް ހަމަޖެހިފައިވާ އަވެލި މޮޑުމުގެ ޙަރަކާތް ހިންގާދޭނެ ފަރާތެއް ހޯދަނީ

ހދ. ހަނިމާދޫ ކައުންސިލުން މިނިވަންދުވަހާއި ގުޅިގެން އެ ރަށު ރައްޔިތުންނަށް ބޭއްވުމަށް ހަމަޖެހިފައިވާ އަވެލި މޮޑުމުގެ ޙަރަކާތް އިންތިޒާމްކޮށް، މިހަރަކާތަށް ބޭނުންވާ ތަކެތި ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ.

ހަނިމާދޫ ކައުންސިލުން ބުނީ ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން 17 ޖުލައި 2025 (ބުރާސްފަތި) ދުވަހު 10:30 އަށް ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ދުރުވެ އަންދާސީ ހިސާބު/ކޯޓޭޝަން ހުށައެޅުއްވުމަށެވެ.

އަވެލި މޮޑެން ބޭނުންވާ ތަކެތި (500 މީހުންނަށް ވާ ވަރަށް)

  • ރޮށި އަވެލި
  • ދޮންކެޔޮ އަދި ގަބުޅި ހުނި
  • ހަކުރު އަދި ވަޅޯމަސް (ކޮށާފަ)
  • ރޯސް ވޯޓަރ (ފިނި ފެން)
  • މިނެރަލް ވޯޓަރ (ބޯފެން)
  • ޑިސްޕޯސަބަލް ކާތަށި (ޕްލާސްޓިކް)

އަންދާސީ ހިސާބު/ކޯޓޭޝަން ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބު/ކޯޓޭޝަނެއް ކަމަށައި، އަންދާސީ ހިސާބު/ކޯޓޭޝަން ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައި ކަމަށް ވަނީ އިއުލާނުގައި ބުނެފައެވެ.

އަންދާސީ ހިސާބު/ކޯޓޭޝަން ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ކްލަބް/ޖަމިއްޔާތަކަށް އެކަންޏެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބު/ކޯޓޭޝަންތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށް ވެސް ވަނީ ކައުންސިލުން އިއުލާނު ކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!