ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ގިނަ ހަރަކާތްތަކެއް ތިން ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ ގޮތަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.
މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.
މިނިވަން ދުވަހުގެ ހަރަކާތްތައް މިމަހުގެ 26 އިން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެކަމަށެވެ. މިގޮތުން މިހަރަކާތްތަކުގެ ތެރެއިން ފުރަތަމަ އޮންނާނީ ޖުލައި 26 ވަނަ ދުވަހު ހެނދުނު 6:00 ޖަހާއިރު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެވެ.
އެދުވަހުގެ ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހަރަކާތް ޖުލައި 28 ވަނަ ދުވަހުގެ ރޭ 8:30 ގައި ބާއްވާގޮތަށް ވަނީ ނިންމަވާފައެވެ.