ޚަބަރު
ގަދަވަޔާއެކު މާލޭސަރަހައްދުގެ އެކި ހިސާބުތަކުން ގަސްތައް ވެއްޓި، އެތައް ގެއްލުންތަކެއް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މާލޭގެ މަގުމަތީގައި އިންދާފައި ހުރި ބައެއް ގަސްތައް ވެއްޓި، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތަކަށް ގެއްލުން ވެފައިވާއިރު، ހުޅުމާލޭގެ އެކި ސަރަހައްދުތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ހުޅުމާލޭގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ފިތުރޯނު މަގާއި، ވަން އެވެނިއު ކުރިމައްޗަށް އަދި އޯޝަން ފްރޮންޓް ކުރިމަތީގައެވެ. މި ސަރަހައްދުތަކުގައި ހުރި ބޮޑު ފިތުރޯނު ގަހެއް މުލުން ލުހިގެން ސައިކަލުތަކުގެ މައްޗަށް ވެއްޓި، ހުޅުމާލެ ފޭސް 2 ގެ ބަސް ސްޓޮޕަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މީގެ އިތުރުން ވިއްސާރައިގެ ސަބަބުން ގިނަ ސައިކަލުތަކެއް ވެއްޓިގެން ވެސް ގެއްލުންވެފައިވެއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ހުޅުމާލެއަށް 52 މޭލުގެ ބާރުމިނުގައި ވައި ޖެހިފައިވެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބާރަށް ވައިޖެހިފައިވަނީ ފ. ނިލަންދޫއަށް 61 މޭލުގެ ބާރުމިނުގައެވެ. އަދި ބ. ދަރަވަންދޫއަށް 58 މޭލުގެ ބާރުމިނުގައި ވައިޖެހިފައިވާއިރު، ހދ. ހަނިމާދޫއަށް ވަނީ 54 މޭލުގެ ބާރުމިނުގައި ވައި ޖެހިފައެވެ.

މެޓުން މަޢުލޫމާތު ދީފައިވާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެއެވެ. “އެންމެ ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެތެރެއަށް” ކަމަށް މެޓުން ވަނީ ބުނެފައެވެ.

މި ވިއްސާރައިގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް މެޓުން ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ވެސް މިއަދު ނެރެފައިވެއެވެ. މާލޭގައި ފެންބޮޑުވެފައިވާ ދެ ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދަނީ ކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!