ޚަބަރު
ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ބޭންކުތަކަށް ވަންނަ ޑޮލަރުގެ އަދަދު %21 އިތުރު ވެއްޖެ

ބޭރުފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާއެކު ބޭންކުތަކަށް ވަންނަ ޑޮލަރުގެ އަދަދު 21 އިންސައްތައަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހާމަކުރައްވައިފިއެވެ.

އެމްއެމްއޭއިން ހާމަކުރެއްވި ގޮތުގައި، މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ޢަމަލުކުރަން ފެށި ބޭރުފައިސާއާ ބެހޭ ޤާނޫނުގެ ދަށުން، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 364 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވެއެވެ. ފާއިތުވި ހަތަރު އަހަރު ބޭންކުތަކަށް ވަންނަ ޑޮލަރުގެ އަދަދު ހުރީ 10 އިންސައްތައިގައި ކަމަށާއި، އައު ގާނޫނާއެކު މިއަދަދު ވަނީ 21 އިންސައްތައަށް އިތުރުވެފައެވެ.

އެމްއެމްއޭއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، ބޭރުފައިސާއިން ލިބޭ އާމްދަނީގެ 90 އިންސައްތަ އެމްއެމްއޭއަށް ގެނެވޭއިރު، އޭގެ 60 އިންސައްތަ ބޭނުންކުރަނީ ސަރުކާރުގެ އެކި ބޭނުންތަކަށާއި ރިޒާވް އިތުރުކުރުމަށެވެ. މިގޮތުން މިއަހަރު ދަރަނި އަދާކުރުމަށް 174 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާކަމަށާއި، މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 51 އިންސައްތަ އިތުރު އަދަދެކެވެ.

އެމްއެމްއޭއިން “އަޅުގަނޑުމެންގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިއްކާ ޑޮލަރުގެ އަދަދު 50 އިންސައްތައަށް އިތުރުކުރުން” ކަމަށް ވިދާޅުވެފައިވެއެވެ. މިހާރު ބޭންކުތަކުން 30 އިންސައްތައާ ހަމައަށް ޓީޓީ ހެދުމަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދެމުން ގެންދާއިރު، މިއީ ކުރިން 5 އިންސައްތައިގައި ހުރި އަދަދެކެވެ.

އެމްއެމްއޭއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޭރުފައިސާގެ ސިޔާސަތަށް ގެނެވުނު ބަދަލުތަކުގެ ހަޤީޤީ މަންފާ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކާއެކު ފެންނަން ފަށާނެއެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ދިޔުން ހިފެހެއްޓުމަށްޓަކައި މަރުކަޒީ ބޭންކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!