ޚަބަރު
އަމާޒަކީ ކޮންމެ ފަންތިއެއްގެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުޞަތު ހޯދައިދިނުން: ވަޒީރު

ރާއްޖޭގެ ކޮންމެ ފަންތިއެއްގެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުޞަތު ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ އާރުސީސީން ކުޑަހުވަދޫގައި ތަރައްޤީކުރާ ހައުސިންގ ޕްރޮޖެކްޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓަރ ބައިވެރިކުރުމަކީ ވަރަށް މުހިންމުކަމެކެވެ. އެގޮތުން އެފޯޑަބަލް ހައުސިންގގެ ގޮތުގައި ޕްރައިވެޓް ސެކްޓަރއިން ރާއްޖޭގެ ރަށެއްގައި ފެށި މިފަދަ ފުރަތަމަ މަޝްރޫއުގެ ބިންގާއެޅުމަކީ ލިބިގެންދިޔަ ބޮޑު ޝަރަފެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

“ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން މާނަކުރަނީ އަމިއްލައަށް ތަނެއް ގަނެވޭ ފެންވަރުގެ ތަނަވަސްކަމެއް ނެތް ފަރާތްތަކަށް ސަރުކާރުން އަޅާ ސޯޝަލް ހައުސިންގެ ތެރެއިން ފުރުސަތު ހޯދައިދިނުން،” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން އިއުލާން ކުރައްވާފައިވާ 65,000 ހައުސިންގ ޔުނިޓްގެ މާނައަކީ ހަމައެކަނި ސޯޝަލް ހައުސިންގ އެޅުމެއް ނޫނެވެ. އަދި މިފަދަ މަޝްރޫއެއް ހިންގުމަކީ މިފަދަ ކުޑަ ދައުލަތަކުން ބޮޑު ޚަރަދެއް ކުރަންޖެހޭނެ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށް އޮންނައިރު 50 އަށްވުރެ ގިނަ ރަށުގައި 500 މީހުން ހަމަނުވެއެވެ. އަދި ޤާނޫނު އަސާސީގައި ވާގޮތަށް ދިވެހި ކޮންމެ ރައްޔިތަކު ހިޔާރުކުރާ ތަނެއްގައި ދިރިއުޅުން ބިނާކުރުމުގެ ފުރުޞަތު އޮތްކަން ކޮންމެ ރަށަކުންވެސް ޤަބޫލްކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!