ޚަބަރު
ރައީސް، ލަންދޫ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށް، ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލަންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ލަންދޫ ސްކޫލުގެ އިމާރާތުގެ މަސައްކަތް ލަސްވުމާއި ސްކޫލްގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް އިތުރު ކްލާސްރޫމުތައް ބޭނުންވާކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ އައިސް ޕްލާންޓްގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވުމުގެ އިތުރުން، ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގައި ހުރި ކަންބޮޑުވުންތައް އެބޭފުޅުން ހިއްސާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ރަށުގެ ޞިއްޙީ މަރުކަޒު ސައުވީސް ގަޑިއިރަށް ބަދަލުކުރުމަށް ހުއްދަ ދެއްވީތީ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައިވެއެވެ. އަދި ދިރާސީ އައު އަހަރަށް ގެނައި ބަދަލުގެ ސަބަބުން ލިބޭ ފަސޭހަތައް މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން އޮޑިދޯނިފަހަރު ބޭލޭނެ ސަރަހައްދެއް ގާއިމުކުރުމާއި، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ މުހިންމުކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ރަށުގައި ދެމުންގެންދާ ފުލުހުންގެ ޚިދުމަތް ދިނުމަށް ޢިމާރާތެއް ބިނާކުރެވިގެން ޚިދުމަތް ދެވޭނެ ކަމަށް އުންމީދު ކުރައްވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ، މި ރަށުގައި އަލަށް ބިނާކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!