ޚަބަރު
‘ކަނބުލޮ’ ގެ ފުރަތަމަ ޓްރެއިލަރ: ހިތަށް ކުރުވީ ފުން އަސަރު، ލޮލުން ހިފެހެއްޓުމެއް ނެތް ކަރުނަ!

މައުސޫމު ކުދިންގެ ހައްގުތަކަށް އަރައިގަތުމުން، އެ ކުދިން ތަހައްމަލު ކުރާ ވޭނުގެ މައްޗަށް އެކުލެވޭ ދިވެހި ފިލްމު “ކަނބުލޮ” ގެ ޓްރެއިލަރ މިއަދު ވަނީ ރިލީޒްކޮށްފައެވެ. މި ފިލްމަކީ މިދިޔަ އަހަރު ބޮޑު ކާމިޔާބެއް ހޯދި “ކަމަނާ” ފިލްމު ގެނެސްދިން ޓީމުން އުފައްދާ އައު ފިލްމެކެވެ.

ކަނބުލޮގެ ޓްރެއިލަރ

{“ކަނބުލޮގެ ޓްރެއިލަރ އިން ފެންނަނީ ކަނބުލޮގެ ބައި ކުޅޭ މަރިޔަމް އައްޒަ، މާޔޫސްވެފައިވާ ހާލެއްގައި ވަނިކޮށް އޭނާދެކެ ލޯބިވާ ޒުވާނަކު (މި ބައިން ފެންނަނީ އަހްމަދު އީސާ) އޭނާއާ ބައްދަލުވެ ވާހަކަދައްކާ މަންޒަރެވެ. “ތިއައީ އަހަރެން ބަލާތަ؟”، “ހީވޭތަ އެހާ ފަސޭހައިން ފިލޭނެހެން” އަދިދެން ރޮވިފައި އެޒުވާނާގެ މޭގައި އޮޅުލައިގަނެއެވެ. ދެވަނަ މަންޒަރުގައި ދައްކަނީ ސްކޫލު ޔުނީފޯމުގައި ކަނބުލޮ ހިނގާފައި އަންނަ މަންޒަރެވެ. އަދި އޭނާއާ އެއްފުރައިގެ އަންހެންކުއްޖަކާއެކު ދުވެފައި އުޅޭ އުފާވެރި ވަގުތުކޮޅެކެވެ.

މަންޒަރު ބަދަލުވެ އަނިޔާވެރި ފިރިއެއް، އިސްމާއިލް ރަޝީދު، ކޮޕީއިއްސެގެ އަޑާއެކު ރަޙުމުކުޑަ އެތިފަހަރުތަކުގެ ޝިކާރައަކަށްވާ އަންހެނެއް، (ޝީލާ ނަޖީބު) ލޭކޮށިފައިވާ ހާލުގައިވެސް އަމިއްލަ ނަފުސުގެ ދިފާއުގައި ކުރިއަށް ނުނިކުމެ ގިސްލަގިސްލާފައި ރޮއި އާދޭސްކުރެއެވެ. އެއަޑަށް ބިރުން ކަނބުލޮ ފަހަތަށް ޖެހޭ ތަނެވެ. އަދި ޝީލާގެ ދެއަތް ދުއާއަށް އުފުލޭ މަންޒަރެވެ. ފިރިމީހާއަށް ހެޔޮ ވިސްނުން ދެއްވައި އޭނާގެ ‘މާޔާ’ އަށް ރަނގަޅު ގޮތްތައް ވުމަށް އެދި ދުއާ ކުރާ މަންޒަރެވެ، އަދި ދެން .. ފެންނަ މަންޒަރުގައި، ރަހުމެއްނެތް ވަކިތަކަކުން ނޮޅާލައި ކޮށައި ކުދިކޮށްލަނީ ކުށެއްނެތް މައުސޫމިއްޔަތު ކަމެކެވެ. ކަނބުލޮ “އަހަރެން މިއީ ކުޑަކުއްޖެއް،” އަދި ދެން ޖައްވުގެ ތެރެއަށް އަރައިގެން ދިޔަ ވޭނީ ހަޅޭކުގެ އަޑުގެ ތެރޭގައި އުއްމީދުތަކަކާއި ހުވަފެންތަކެއް ވަޅުލެވިގެންދާ ތަނެވެ.

ކުލަ ބަދަލުވެ ހާލަތުވެސް ބަދަލުވެފައިވާ މަންޒަރެވެ. ކަނބުލޮ ބޮޑު ބަނޑަކާއެކު ދިރިއުޅުމުގެ، ޒަހަރަށްވުރެ ހިތި ހަގީގަތާ ކުރިމަތިލުމަށް ކުރާ ހިތްވަރެވެ. ކަނބުލޮ ކުރާ ހިތްވަރާއެކު ޝީލާގެ ކަރުނައާއި ބިރާއިސިހުން އަދި ސުވާލުން ފުރިގެންވީ ނަޒަރެވެ. އޯގާތެރިކަމާއި ނިޔަނެތިކަމުން ފުރިފައިވާ ސިފައެއްގައި ދެން ފެންނަނީ ޝަކީލާއެވެ، ހައިރާންވެފައިހުރެ، ހިތާމަވެރިއަޑަކުން “މާޔާއަށް ތި ހާލު ޖެއްސީ ކާކު؟”ހޭ އަހާލުމާއެކު ކަނބުލޮގެ ވޭނުން ފުރިިގެންވީ ހަޅޭކުގެ އަޑެވެ، އަދި އަހްމަދު ނިމާލުގެ ނުލަފާ ހުނުމެއްގެ އަސަރު އެކުލެވޭ ރާގެއްގައި “އުމަރު ނޫނީ ކާކު؟” ބުނާ މަންޒަރު ފެނެއެވެ.

ކަނބުލޮ ވިހެއުމުގެ ވޭންވަރުގައެވެ. ހިމަފޮދުވާރެއިން ތެމިފައިވާ ހާލެއްގައެވެ. ދަރިފުޅު ވިހެއުމާއެކު، ޝަކީލާ “ކަނބުލޮ” މިހެން ގޮވާލި އަޑާއެކު ސްކްރީނަށް އެއަރަނީ “ކަނބުލޮ” ލެއިން ކަޅިވެފައިވާ ނަމެވެ. ހަމަ ޖެހިގެން އައި ސިކުންތުގައި، ރޮމުންރޮމުން “އަހަރެން ދުވަހަކުވެސް ފާފައެއް ނުކުރާނަން،” ބުނާއިރު އައްޒަގެ ގާތުގައި ހުރީ އޭނާގެ ހަޔާތް އަނދައި އަޅިއަށް ހަދާލި މީހާއެވެ.}

އައްޒަ، ރޮމުންރޮމުން “އަހަރެން ދުވަހަކުވެސް ފާފައެއް ނުކުރާނަން،”.. ގާތުގައި އެހެރީ އޭނާގެ ހުރިހާ އުފާތައް ގަތުލުކޮށްލި ގާތިލެވެ.

ޓްރެއިލަރ އިން ފެންނަނީ ދިވެހި މުޖުތަމައުގައި ބޮޑުވެފައި އޮތް އެހެނަސް ފާޅުގައި އެއްވެސް ބަޔަކު ހަރު އަޑުން ނުދައްކާ މައްސަލައެއްގެ ވާހަކައެވެ. މައުސޫމު ނަފުސުތައް ނުކުރާ ކުށަކަށް އަމިއްލައަށް އަދަބު ލިބިގަތުމުގެ އަސްލު ވާހަކަ، އެހެންމީހަކުގެ އަނިޔާއާއި ނަޖިސްކަމުގެ ސަބަބުން ތިމާ އަމިއްލައަށް ކުށްވެރިއެއް ކަމަށް ގަބޫލުކޮށްގެން ހަލާކުގެތެރެއަށް ގެނބިގަންނަ އަންހެންކުދިންގެ ވާހަކަައެވެ. ދިވެހި ފިލްމު ކަނބުލޮ އަކީ މުޖުތަމައުގައި އޮތް ބޮޑު މައްސަލައަކަށް އަލިއަޅުވާފައިވާ ފިލްމެއްކަން ފުރަަތަމަ ޓްރެެިލަރ އިންވެސް ވަނީ ސާބިތުވެފައެވެ.

އަންނަ މަހުގެ 31 ވަނަ ދުވަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ މި ފިލްމު ގެނެސްދެނީ އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއި ޑައިރެކްޓަރު ކިޑްގެ ކިޑް ޕްރޮޑަކްޝަން ގުޅިގެންނެވެ. ފިލްމުގެ މައިގަނޑު ރޯލުތަކުގައި ފެނިގެންދާނީ މަރިޔަމް އައްޒަ، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، ވާޝިޔާ މުހައްމަދު، އަހުމަދު އީސަ (އާނަންދު)، ޝީލާ ނަޖީބު، އަހުމަދު ނިމާލު އަދި މަރިޔަމް ޝަކީލާއެވެ. މީގެ އިތުރުން ފިލްމުގެ ވަރަށް މުހިންމު ރޯލެއްގައި އަލަށް ތަޢާރަފުކުރާ ކުޑަ އަންހެން ކުއްޖަކުވެސް ފެނިގެންދާނެއެވެ.

“ކަނބުލޮ” އަކީ 2009 ވަނަ އަހަރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ބޭއްވި ދިގު ވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުން ޔަޝްފާ އަބްދުލްޢަނީ އެއްވަނަ ހޯދި “ޔުކްތާ” ވާހަކައަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ “ކަމަނާ” ފިލްމުގެވެސް ސްކްރީން ރައިޓަރު މަހުދީ އަހުމަދެވެ. ފިލްމު ޑައިރެކްޓްކޮށްފައިވަނީ ހުސެއިން މުނައްވަރެވެ. މިއީ މަހުދީގެ ސްކްރީންޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.

ފިލްމުގެ ޓްރެއިލަރ ބެލުމަށްފަހު ފިލްމު ބަލާ ހިތް ޖެހޭނެކަން ޔަގީނެވެ. މިއީ މުޖުތަމައުގެ ސަމާލުކަމަށް ގެންނަންޖެހޭ މުހިންމު މައުޟޫއެއްގެ މައްޗަށް އަލިއަޅުވާލާ ފިލްމަކަށްވާތީ، މިއީ ކޮންމެ މީހަކކުވެސް ބަލާލުން ރަނގަޅެވެ.

ފިލްމު ބަލަން ޝައުގުވެރިވާ ފަރާތްތަކަށް ޓިކެޓް ބުކްކުރެވޭނެއެވެ. އެގޮތުން ޓިކެޓް ބުކްކުރުމަށް ޚާއްޞަކޮށްފައިވާ ނަންބަރަކީ 7458800 އެވެ. ފިލްމު އޮލިމްޕަހު ސްކްރީނަށް އަންނާނީ އޮގަސްޓް 31 ގައެވެ. އަވަހަށް ތައްޔާރު ވަމާ ހިނގާށެވެ!

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!