ޚަބަރު
ދިހަ އަހަރުގެ ދިގު އިންތިޒާރު ފޮނި ނިމުމަކަށް؛ ވީއައިއޭގެ އައު ޓާމިނަލް ރަސްމީކޮށް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި ތާރީޚީ ރޭގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން އައު ޓާމިނަލް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މިއީ މީގެ ނުވަ އަހަރު ކުރިން އެއިރުގެ ސަރުކާރުން އިޢުލާނު ކުރި މަޝްރޫއެކެވެ. އަދި މިރޭ އޭގެ 10 އަހަރުފަހުން އެ ދިގު އިންތިޒާރަށް މިވަނީ ފޮނި ފޮނި ނިމުމެއް އައިސްފައެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރީ ދުވަހާ ދިމާކޮށް 26 ޖުލައި 2025 ގައި ހުޅުވުނު މި ޓާމިނަލްގެ ހުޅުވުމުގެ ރަސްމިއްޔާތަށް ވަނީ ކުރީގެ ރައީސުންނާއި ލޯކަލް ކައުންސިލްތައް ހިމެނޭ ގޮތަށް 6،000 އަށްވުރެ ގިނަ މެހެމާނުންނަށް ދައުވަތު ދީފައެވެ. މި ރަސްމިއްޔާތުގައި ޑްރޯން އަދި ލައިޓް ޝޯއެއްގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޚާއްސަ ހަފްލާތަކެއް ބޭއްވުނެވެ.

ލޯނުގެ ގޮތުގައި ނަގައިގެން 400 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ މި ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7.5 މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ޖާގައިގެ ތަނަވަސްކަން ލިބިފައިވާ ތަނެކެވެ. އަދި މި ޓާމިނަލުގައި ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށް އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ޤާއިމުކުރެވިފައިވެއެވެ.

2018 ވަނަ އަހަރުގެ ކުރީކޮޅު ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ބިންގާ އެޅި މި ޓާމިނަލުގެ މަސައްކަތް، ޖެހިގެން އައި ފަސް އަހަރުގެ ދައުރުގައި އެކި ސަބަބުތަކާ ހުރެ އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ނުގޮސް މަޑުޖެހުނެވެ. އެ ފަސް އަހަރު ނިމުނުއިރު ޓާމިނަލުގެ މަސައްކަތުގެ ތެރެއިން ނިމިފައި އޮތީ އެންމެ 40 އިންސައްތައެވެ.

ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ޓާމިނަލުގެ މަސައްކަތް ނިންމެވުމަށް ޚާއްޞަ އިސްކަމެއް ދެއްވިއެވެ. އެގޮތުން ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ޓާމިނަލުގެ އެތެރެ ނިންމައި، ޓާމިނަލް އޮޕަރޭޓުކުރުމަށް ބޭނުންވާ ހުރިހާ އުމްރާނީ ވަސީލަތްތަކެއް ތަރައްޤީކޮށް ނިންމާލެވުނެވެ.

މިރޭ ބޭއްވުނު އިފްތިތާޙީ ރަސްމިއްޔާތަކީ މިފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބޭއްވުނު އެންމެ ކުލަގަދަ ރަސްމިއްޔާތެވެ. ޓާމިނަލް އިފްތިތާޙުކުރެއްވުމަށްފަހު ރައީސް ޑރ. މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ޓާމިނަލް ބައްލަވައިލައްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ވަޒީރުންނާއި އެމްއޭސީއެލްގެ ޗެއަރޕާސަން އަދި އެ ކުންފުނީގެ އެމްޑީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޓާމިނަލްގައި 12 ބޯޑިންގ ބްރިޖާއި، 71 ޗެކްއިން ކައުންޓަރު ހިމެނެއެވެ. މީގެ އިތުރުން އީ-ގޭޓްތަކާއި ރިއަލްޓައިމް ބެގޭޖް ޓްރެކިންގ ނިޒާމު ވެސް ޤާއިމުކުރެވިފައިވެއެވެ. ދިވެހި ޘަޤާފަތާއި ގުދުރަތީ ވަސީލަތްތަކުން އިލްހާމް ލިބިގެން ފަރުމާކުރެވިފައިވާ މި ޓާމިނަލަކީ ރާއްޖޭގެ ވައިގެ ބަނދަރުގެ ތާރީޚުގައި އެޅުނު އެންމެ ބޮޑު ހިޔާވަހިކަމެވެ.

1960 ގައި ހުޅުލޭގައި އާދައިގެ ރަންވޭއަކާއެކު ފެށުނު މި އެއަރޕޯޓަކީ، މިއަދު ދުނިޔޭގެ ފެންވަރުގެ ވައިގެ ބަނދަރަކަށް ވެފައިވެއެވެ. 1981 ގައި މާލޭ އިންޓަނޭޝަނަލް އެއަރޕޯޓުގެ ގޮތުގައި ރަސްމީކޮށް ހުޅުވުނު މި އެއަރޕޯޓު، 2017 ގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ނަމަށް ބަދަލުކުރެވުނެވެ.

މިއީ ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ލިޔެވުނު އައު ޞަފްޙާއެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!