ޚަބަރު
މިދިޔަ ސަރުކާރުން، އެފްޑީސީ ފުލެޓުތަކުގައި ފުރިހަމަކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހަވާލު ނުކުރާކަމަށް އެމްޑީޕީގެ އިއުތިރާފު

އެމްޑީޕީގެ ފާއިތުވި ވެރިކަމުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ 4،000 ހައުސިންގ ޔުނިޓުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފައި ނެތްކަން އެ ޕާޓީން އިއުތިރާފުވެއްޖެއެވެ.

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލު ވިދާޅުވި ގޮތުގައި، ފުލެޓުތަކަށް މީހުން ބަދަލުވުމުގެ ކުރިން ގާއިމުކުރަންޖެހޭ މުހިންމު ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ޕަވަރ ގްރިޑާ ގުޅުވައިލުމާއި، ސެކިއުރިޓީ ސިސްޓަމްތައް ގާއިމުކުރުމާއި، އިންޓަނެޓާއި މީޑިއާ ޚިދުމަތްތަކަށް ބޭނުންވާ ޖީޕޮން ނެޓްވޯކް އެޅުމާއި، ކުނި ނައްތައިލުމުގެ ނިޒާމު ފަދަ އަސާސީ ކަންކަން ކުރިން ހަވާލުކޮށްފައި ނެތެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަސައްކަތްތަކަކީ ކޮންޓްރެކްޓުކުރި ފަރާތާ ހަވާލުކޮށްފައި ހުރި މަސައްކަތްތަކެއް ނޫން ކަމަށާއި، އެއީ ތަން ބިނާކޮށް ނިމުމުން ސަރުކާރާއި އެފްޑީސީ ގުޅިގެން ކުރަން ނިންމާފައި ހުރި މަސައްކަތްތަކެއް ކަމަށެވެ.

މިހާރުގެ ސަރުކާރުން އަންނަނީ މި މަސައްކަތްތައް ކޮންޓްރެކްޓުކޮށް، ފުލެޓުތައް ލިބޭ ފަރާތްތަކަށް ވަދެވޭ މިންވަރަށް ތަންތަނުގެ މަސައްކަތް ނިންމުމަށް މަސައްކަތްކުރަމުންނެވެ. އެފްޑީސީން މިހާރު އަމާޒުކޮށްފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ ކުރިން ހުރިހާ ފުލެޓަކަށް އެތަންތަން ލިބުނު މީހުންނަށް ވަދެވޭ މިންވަރަށް މަސައްކަތްތައް ނިންމުމަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިމުނު ފަހުންވެސް އޭރުގެ ސަރުކާރުން ހައުސިންގ ޔުނިޓުތަކުގެ ހައްގުވެރިންގެ ލިސްޓު އާންމުކޮށްފައިވާއިރު، އެ ފަރާތްތައް ފުލެޓުތަކަށް ވަނުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް ފުރިހަމަކޮށްފައި ނެތްކަމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!