ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކާރަކާއި ފޯކްލިފްޓެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިގޮތުގައި މިއަދު ހެނދުނު ވީއައިއޭގެ ޓާމިނަލް އެކެއްގައި ޔޫޓާން ނަގާ ކޮޅުގައި ފޯކްލިފްޓަކާއި ކާރެއް ޖެހި އެކްސިޑެންޓުވި މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.
މީސްމީޑީއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ރަތް ކުލައިގެ ކާރެއް ފޯކްލިފްޓްގައި ޖެހިފައި އޮންނަ މަންޒަރު ފެންނައިރު، ދެ އުޅަނދަށް ވެސް ވަރަށް ބޮޑެތި ގެއްލުން ވެފައިވާ މަންޒަރު ފެނެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.