ޚަބަރު
ދުންފަތުގެ އުފެއްދުންތައް ވިއްކުމަށް މިހާތަނަށް ދޫކޮށްފައިވަނީ 209 ހުއްދަ: އެޗްޕީއޭ

ދުންފަތުގެ އުފެއްދުންތައް ވިއްކުމަށް ސިއްޙީ ވުޒާރާއިން ދޫކުރާ ޚާއްސަ ލައިސަންސް މިހާތަނަށް 209 ފަރާތަކަށް ދޫކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ. މި އައު ނިޒާމުގެ ދަށުން ލައިސަންސް ދޫކުރަން ފަށާފައިވަނީ މި އަހަރުގެ ޖަނަވަރީ 15 ވަނަ ދުވަހުން ފެށިގެންނެވެ.

އެޗްޕީއޭއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިހާތަނަށް ދުންފަތުގެ އުފެއްދުންތައް ވިއްކުމުގެ ލައިސަންސަށް އެދި 767 އެޕްލިކޭޝަން ހުށަހެޅިފައިވެއެވެ. މީގެ ތެރެއިން 652 އެޕްލިކޭޝަން ވަނީ ވެރިފައިކުރެވިފައެވެ. ހުށަހެޅުނު އެޕްލިކޭޝަންތަކުގެ ތެރޭގައި ޓޮބޭކޯ ވެންޑަރ ލައިސަންސަށް އެދި ހުށަހެޅި 608 އެޕްލިކޭޝަނާއި، އައު އުފެއްދުންތައް ރަޖިސްޓްރީ ކުރުމަށް ހުށަހެޅި 15 އެޕްލިކޭޝަން، އަދި އިމްޕޯޓް ލައިސަންސަށް އެދި ހުށަހެޅި 28 އެޕްލިކޭޝަން ހިމެނެއެވެ.

އެޗްޕީއޭއިން ފާހަގަކުރި ގޮތުގައި، ހުށަހެޅުނު އެޕްލިކޭޝަންތަކުގެ ތެރެއިން 243 އެޕްލިކޭޝަން ވަނީ ޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުން ބާޠިލުކުރެވިފައެވެ. އަދި 177 އެޕްލިކޭޝަން ވަނީ އިސްލާހުކުރަންޖެހޭ ކަންކަން ހުރުމުގެ ސަބަބުން މިވަގުތު ހިފެހެއްޓިފައެވެ.

ދުންފަތް ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، ދުންފަތުގެ އުފެއްދުންތައް ވިއްކޭނެ އެންމެ ހަގު އުމުރު 21 އަހަރަށް ބަދަލުކުރުމާއި، ދުންފަތުގެ އުފެއްދުންތަކާއި ވޭޕްގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުން ފަދަ ފިޔަވަޅުތައްވެސް ވަނީ އަޅާފައެވެ.

މި އައު ނިޒާމުގެ ދަށުން، ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން ވިޔަފާރީގެ އާންމު ހުއްދައިގެ އިތުރުން ސިއްޙީ ވުޒާރާއިން ދޫކުރާ ޚާއްސަ ލައިސަންސެއް ނެގުން ލާޒިމުކުރެއެވެ. މިއީ ދުންފަތުގެ ބޭނުންކުރުން ހުއްޓުވުމަށާއި، އޭގެ ސަބަބުން ކުރިމަތިވާ ސިއްޙީ މައްސަލަތައް މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!