ޚަބަރު
ހައިކޯޓުގެ އައު ދެ ފަނޑިޔާރުން މާދަމާ ހުވާކުރައްވަނީ

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އާއި ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ ރޭ 8:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް މި ދެ ބޭފުޅުން އައްޔަންކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގައެވެ. ނަމަވެސް، މި އައްޔަންކުރުން ހުއްޓުވުމަށް އެދި ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ވަކީލެއް ކަމަށްވާ އަހުމަދު ނައުޝާދު ވަނީ ވަގުތީ ކޯޓު އަމުރަކަށް އެދިފައެވެ.

އަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަމުގައި ޚިދުމަތްކުރައްވާފައެވެ. މީގެ ތެރޭގައި ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ސިވިލް ކޯޓުގެ ގާޒީކަން ހިމެނެއެވެ.

މުހައްމަދު ޝަހީދަކީ ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ހަނީ ވެލްޑްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އަދި އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ. މި މަގާމުން އޭނާ އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!