ޚަބަރު
އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކުރި މީހަކީ ދިވެއްސެއްނޫން: އިމިގްރޭޝަން

ޖިންސީ ގޯނާ ކޮށްގެން އިނގިރޭސިވިލާތުގައި ހުކުމްކުރިކަމަށް ބުނާ މީހާއަކީ ދިވެއްސެއް ނޫން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިހެން ބުނީ އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން އެ ޤައުމުގެ ކޯޓަކުން ޙުކުމް ކޮށްފައިވާކަމަށް ބުނާ ”ސުންދަރަލިންގަމް ކޫޑަލިންގަމް” ކިޔާ މީހާއަކީ ދިވެއްސެއްކަމަށް ދޭހަވާގޮތަށް ބައެއް މީޑިއާތަކުން ޚަބަރުފަތުރާފައިވާތީ އެކަން ސާފުކޮށްދިނުމުގެ ގޮތުން މިއަދު ނެރުނު ބަޔާނެއްގައެވެ.

އިމިގްރޭޝަނުން ބުނީ އޭނާއަކީ ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑްކުރެވިފައިވާ މީހެއްނޫން ކަމަށެވެ.

ސުންދަރަލިންގަމް ކޫޑަލިންގަމްއަކީ ދިވެއްސެއް ކަމަށް ރިޕޯޓްކުރި ހިސާބުން ފެށިގެން ވެސް ގިނަ ދިވެހީން ދިޔައީ ސޯޝަލް މީޑިއާގައި އެއީ ދިވެއްސެއް ކަމާމެދު ސުވާލު އުފައްދަމުންނެވެ.

އުމުރުން 36 އަހަރުގެ ސުންދަރަލިންގަމް ކޫދަލިންގަމްގެ މައްޗަށް އިނގިރޭސިވިލާތުގައި ދައުވާ އުފުލާފައި ވަނީ 2023 ވަނަ އަހަރުގެ މާރޗް މަހު ސޯހޯގައި ހުންނަ ރޫޕަޓް ޖޭޑް ތައި މަސާޖް ޕާލަރގައި 30 އަހަރުގެ ސައުތްވާކް ކްރައުން ކިޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!