ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލް ފެނިގެންދާ ކާމިޔާބު ސީރީޒެއް ކަމަށްވާ “ދަ ޓްރިއަލް” ގެ ދެވަނަ ސީޒަން އަންނަ މަހު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އަންނަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން މި ވެބް ސީރީސް ސްޓްރީމިންގްއަށް ޖިއޯހޮޓްސްޓާއަށް ދޫކޮށްލާއިރު، މި ފިލްމަކީ ހޮލީވުޑްގެ މަޝްހޫރު ފިލްމެއް ކަމުގައިވާ “ދަ ގުޑް ވައިފް” ގެ ހިންދީ ވާޝަނެވެ.
ސުޕާން ވަރުމާ ޑައިރެކްޓްކޮށްފައިވާ “ދަ ޓްރައިލް” އިމް ކާޖޮލްއާއެކު ޖިޝޫ ސެންގުޕްތާ، ޝީބާ ޗައްދާ، ކުބްރަތު ސައިތު އަދި އާމިރު އަލީ ފެނިގެންދާނެއެވެ.
މި ސީރީސް އިން ކާޖޮލް ފެނިގެންދަނީ ގާނޫނީ ދާއިރާގައި މަސައްކަތްކުރާ، އޭނާ އަށް އެ ދާއިރާގައި ލިބިފައިވާ ތަޖުރިބާގެ އަލީގައި އަމިއްލަ އާއިލާއަށް ރައްކާތެރިކަން ހޯދުމަށް ގަދައަށް މަސައްކަތްތައް ކުރާ ފަރާތެއްގެ ގޮތުގައެވެ.

