ޚަބަރު
ތިލަމާލެ ބްރިޖްގެ %62 ނިމުނަސް، މަސައްކަތް އުޅެނީ %8 ފަހަތުގައި؛ ހައުސިން މިނިސްޓްރީ

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ “ތިލަމާލެ” ބްރިޖް މަޝްރޫއުގެ %62 މަސައްކަތް މިހާތަނަށް ނިމިފައިވީ ނަމަވެސް، މަޝްރޫއުގެ މަސައްކަތް އުޅެނީ %8 ފަހަތުގައި ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިރޭ ބުނެފިއެވެ. މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މަސައްކަތް ކުރިއަށްދާ ސްޕީޑް އަދިވެސް ލަހެވެ.

މިނިސްޓްރީން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، ތިލަމާލެ ބްރިޖު މަޝްރޫއުގައި ހިމެނެނީ ދެ ސެގްމެންޓެކެވެ. އެއީ މާލެ އިން ގުޅީފަޅަށް ގުޅާލުމަށް ހަމަޖެހިފައިވާ ސެގްމަންޓް އޭގެ މަސައްކަތާއި، ގުޅީފަޅުން ތިލަފުއްޓާ ހަމައަށް ގުޅާލާ ސެގްމަންޓް ބީގެ މަސައްކަތެވެ. މިހާތަނަށް ނިމިފައިވަނީ މުޅި މަޝްރޫއުގެ %62.14 މަސައްކަތެވެ. އަދި މަސައްކަތް ޖުމްލަ %8.56 މަސައްކަތް ލަސްވެފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވިއެވެ.

ޕްލޭން ކުރެވިފައިވާ ގޮތުން މާލެ އާއި ގުޅީފަޅު ގުޅާލުމުގެ %77.82 މަސައްކަތް ނިންމަން ޖެހުނު ނަމަވެސް މިހާތަނަށް ނިންމިފައިވަނީ %59.81 މަސައްކަތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވިއެވެ. މިއީ %18 ގެ ލަސްވުމެކެވެ.

ނަމަވެސް، ގުޅީފަޅުން ތިލަފުއްޓާ ހަމައަށް މަސައްކަތް ޕްލޭން ކުރެވިފައިވާ މިންވަރަށްވުރެ ކުރީގައި އުޅޭކަން ފާހަގަކޮށް މިނިސްޓްރީން ވިދާޅުވީ %34.47 މަސައްކަތް ނިންމަން ޝެޑިއުލް ކުރިނަމަވެސް %38.37 މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަށެވެ.

ތިލަފުށި ބްރިޖުގެ މަސައްކަތް ލަސްވެފައިވަނީ ގިނަ ސަބަބުތަކެއް މެދުވެރިވެގެންނެވެ. މީގެ ތެރޭގައި ޕްލޭނިންގ މައްސަލަތަކާއި، ޕައިލް ކެޕް މަސައްކަތަށް ތައްޔާރުވެފައި ނެތުމާއި، “ރުމެއިލާ” އެކަށީގެންވާ ޕްލެޓްފޯމަކަށް ނުވުމާއި، މަސައްކަތަށް ބޭނުންވާ މީހުންނާއި މެޓީރިއަލް ނުލިބުން ހިމެނެއެވެ.

މަސައްކަތް އަވަސްކުރުމަށްޓަކައި ކޮންޓްރެކްޓަރުގެ ކޭޝްފްލޯ ރަނގަޅުކުރުމަށް ރިޓެންޝަން ފައިސާ ދޫކުރުމަށް އިންޑިއާ ސަރުކާރުގެ ހުއްދައަށް އެދިފައިވެއެވެ. ނަމަވެސް މި ހުއްދަ ލިބުން ލަސްވުމާއެކު، ރިޓެންޝަން ފައިސާ ދޫކުރެވޭނީ ކޮންޓްރެކްޓަރު ކްލެއިމްތައް ނަގައި، އައު މަސައްކަތު ތާވަލެއް ހުށަހެޅުމުންނެވެ.

މި މަޝްރޫޢަކީ 500 މިލިއަން ޑޮލަރުގެ (7.7 ބިލިއަން ރުފިޔާ) މަޝްރޫޢެކެވެ. އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރާއި، އިންޑިއާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައިވެއެވެ. 2021 ވަނަ އަހަރު އެފްކޮންސް އިންފްރާސްޓްރަކްޗަރއާ ހަވާލުކުރެވުނު މި މަޝްރޫޢު އަސްލު ނިންމަން ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ މެއި 17 ގައެވެ.

އެފްކޮންސްއަކީ މިފަދަ މަޝްރޫޢުތަކުގެ ތަޖުރިބާ މަދު ކުންފުންޏަކަށްވުމުން، މަސައްކަތް ވަނީ ވަރަށް ބޮޑަށް ލަސްވެފައެވެ. ނަމަވެސް މަސައްކަތަށް ދިމާވާ އެކިއެކި ދަތިތަކަށް މިނިސްޓްރީން ވަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ހައްލު ހޯދައިދީފައެވެ.

އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނިކޮށް، ކުރީގެ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް، އެ އެއްބަސްވުމުގެ މުއްދަތު 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 އަށް ވަނީ އިތުރުކޮށްފައެވެ. ސޯލިހްގެ ވެރިކަން ނިމުނު އިރު، ތިލަމާލެ ބްރިޖުގެ %29 މަސައްކަތް އޮތީ ނިމިފައެވެ. އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދޮޅު އަހަރުގެ ތެރޭގައި އެ މަޝްރޫއަށް ދިން އިސްކަމުގެ ސަބަބުން %33 މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!