ޚަބަރު
މިދިޔަ މަހު، ހުޅުމާލެއިން ގެއްލުނު 11 ފޯނާއި 2 ސައިކަލު ފުލުހުން ހޯދައިފި

ހުޅުމާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނުން ޖުލައި މަހު ކުރި މަސައްކަތްތަކުގެ ތަފާސް ހިސާބުތައް މިއަދު ވަނީ އާންމުކޮށްފައެވެ.

މި ތަފާސް ހިސާބުތަކުން ދައްކާގޮތުން، ހުޅުމާލެ ފޭސް އެކަކުން މިދިޔަ މަހު 21،458 ތަނެއްގެ ލޮކޭޝަން ޗެކްކޮށްފައިވާއިރު، ފައިމަގުގައި 657 ގަޑިއިރުގެ ޕެޓްރޯލިންގ ހަރަކާތްތައް ހިންގާފައިވެއެވެ. މީގެ އިތުރުން، 1،249 މީހުން ހުއްޓުވައި ސުވާލުކޮށްފައިވާއިރު، އޭގެ ތެރޭގައި ކުށުގެ ރެކޯޑް އޮތް 786 މީހުންނާއި، ކުށުގެ ރެކޯޑް ނެތް 589 މީހުން ހިމެނެއެވެ.

ހުޅުމާލެ ފޭސް އެކަކުން މިދިޔަ މަހު 75،000 ރުފިޔާގެ އަގުހުރި 11 ފޯނާއި، 60،000 ރުފިޔާގެ އަގުހުރި ދެ ސައިކަލު ހޯދާފައިވެއެވެ. އަދި 10،000 ރުފިޔާގެ އަގުހުރި ފަސް އިލެކްޓްރޯނިކް ސާމާނާއި، 1،925 ރުފިޔާގެ ނަގުދު ފައިސާވެސް ހޯދާފައިވެއެވެ. މީގެ އިތުރުން، އައިޑީ ކާޑާއި ކޭޝް ކާޑު ފަދަ 42 އެހެނިހެން ތަކެތިވެސް ފުލުހުން ވަނީ ހޯދާފައެވެ.

ހުޅުމާލެ ފޭސް ދޭއްގައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، 8،030 ތަނެއްގެ ލޮކޭޝަން ޗެކްކުރުމާއެކު، 470 ގަޑިއިރާއި 25 މިނެޓުގެ ޕެޓްރޯލިންގ ހަރަކާތްތައް ހިންގާފައިވެއެވެ. އަދި 389 މީހުން ހުއްޓުވައި ސުވާލުކޮށްފައިވާއިރު، އޭގެ ތެރޭގައި ކުށުގެ ރެކޯޑް އޮތް 300 މީހުންނާއި، ކުށުގެ ރެކޯޑް ނެތް 89 މީހުން ހިމެނެއެވެ.

ހުޅުމާލެ ފޭސް ދޭއްގައި މިދިޔަ މަހު ގެއްލިގެން ނުވަތަ ފުލުހުން ހޯދި ތަކެތީގެ ތެރޭގައި 62،045 ރުފިޔާގެ ނަގުދު ފައިސާއާއި، 3،900 ރުފިޔާގެ އަގުހުރި އެހެނިހެން ތަކެތި ހިމެނެއެވެ. މި ތަފާސް ހިސާބުތަކުން ދައްކާގޮތުން، ހުޅުމާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް ވަނީ ކާމިޔާބު ނަތީޖާތަކެއް ހާސިލުކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!