ޚަބަރު
ހަތަރު ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމްކުރުމުގެ މަސައްކަތް ޕްރައިވެޓް 3 ކުންފުންޏަކަށް!

ދިވެހިރާއްޖޭގެ ހަތަރު ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް، ތިން ކުންފުންޏަކާ ސަރުކާރުން މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓަ އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުންނެވެ.

މި މަސައްކަތުގެ ދަށުން ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ހަތަރު ރަށަކީ ކ. މާފުއްޓާއި ކ. ތުލުސްދޫގެ އިތުރުން އދ. މަހިބަދޫ އާއި އދ. ހަންޏާމީދޫއެވެ. މިއީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭ.ޑީ.ބީ)ގެ ހިލޭ އެހީއާއި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ ދަށުން ކ. ތުލުސްދޫ އަދި ކ. މާފުށީގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް، ވީ އަވަރ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ދެރަށުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 5.8 މިލިއަން ރުފިޔާއަށެވެ. އަދި އދ. މަހިބަދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް ސަނީ ލޭންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކުރީ 4.2 މިލިއަން ރުފިޔާއަށެވެ. މީގެ އިތުރުން އދ. ހަންޏާމީދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް ޤާއިމުކުރުމަށް ހަވާލުކޮށްފައިވަނީ އެލީޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް 150 ދުވަހުގެ ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާއިރު، އެ މަސައްކަތަށް 41.6 މިލިއަން ރުފިޔާ ޚަރަދުވެއެވެ.

މި މަސައްކަތްތަކާއި ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ސާފުރާއްޖެ ބިލްޑިންގގައެވެ. މި ރަސްމިއްޔާތުގައި ތިމާވެއްޓާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒެވެ. އަދި މަސައްކަތް ހަވާލުކުރެވުނު ކުންފުނިތަކުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެކުންފުނިތަކުގެ އިސްވެރިންނެވެ.

މި ހަތަރު ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް މިއަދު ހަވާލުކުރިނަމަވެސް، ކުނި މެނޭޖްކުރުމަށް މި ރަށްރަށަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްތައް މީގެކުރިން މި ރަށްރަށުގެ ކައުންސިލްތަކާއި ވަނީ ހަވާލުކޮށްފައެވެ. އޭގެތެރޭގައި ރަށުތެރޭގައި ކުނި އުފުލަން ބޭނުންކުރާ ވެހިކަލްގެ އިތުރުން ދަޅުފިއްތާ މެޝިނާއި ވުޑް ޗިޕަރ ހިމެނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!