ޚަބަރު
“ޗާލު ދިވެހިރާއްޖެ” ނަމުގައި ގައުމީ ފެންވަރުގެ އެވޯޑެއް

ގައުމީ މީޑިއާ، ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ ރަށްތަކަށް އަމާޒުކޮށްގެން “ޗާލު ދިވެހިރާއްޖެ އެވޯޑް” ގެ ނަމުގައި އެވޯޑެއް ތަޢާރަފްކޮށްފިއެވެ.

ޕީއެސްއެމްގެ ޓީވީ ބިލްޑން ގައި ބޭއްވި ހާއްސަ ޙަފްލާއެއްގައި، މި އެވޯޑު ތަޢާރަފްކޮށްދެއްވީ ޕީއެސްއެމްގެ ޗެއަރޕާސަން އައިމިނަތު ނަމްޒާއެވެ.

ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް ކުރިމަތިލެވޭ މި އެވޯޑަކީ، ދެެމެހެއްޓެނިވި ތަރައްގީއަށް ހިތްވަރުދީ އަންނަނިވި ޖީލުތަކާ ހަމައަށް “ޗާލު ރާއްޖެ” އެއް ވާސިލްކޮށްދިނުމަށް މުޖުތަމަޢުގެ ބައިވެރިވުން އިތުރުކޮށް، ތިމާވެށި ހިމާޔަތްކުރުމާއި، ޒިންމާދާރު ފަތުރުވެރިކަމާއި، މުޖުތަމަޢު ތަރައްޤީކުރުމާއި، ސަޤާފަތް ދެމެހެއްޓުމަށް ކުރެވޭ އިސްތިސްނާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރުމެވެ.

ޗާލު ދިވެހިރާއްޖެ އެވޯޑަށް ކުރިމަތިލާ ރަށްތަކަށް 6 ދާއިރާއަކަށް ވާދަކުރެވޭއިރު، މި 6 ދާއިރާގެ ތެރެއިން އެންމެ ގިނަ ދާއިރާތައް ކާމިޔާބުކުރާ ރަށަކަށް އަހަރުގެ އެންމެ ޗާލު ރަށުގެ އެވޯޑް ދިނުމަށް ހަމަޖެހިފައިވެއެވެ.

ޗާލު ދިވެހިރާއްޖެ އެވޯޑުގެ ދާއިރާތަކަކީ:

– އެންމެ ރީތި ގޮނޑުދޮށް
– އެންމެ އެކުވެރި މުޖުތަމަޢު
– ދެމެހެއްޓެނިވި ތަރައްޤީގައި އީޖާދީ ވިސްނުން ގެންގުޅޭ ރަށް
– ސާފުތާހިރު، އެންމެ ތިމާވެއްޓާ ރައްޓެހި ރަށް
– ރަށު ފަތުރުވެރިކަމުގެ އެންމެ ޒިންމާދާރު ރަށް
– އެންމެ ހިތްގައިމު ރަށު މަންޒިލް
– އަހަރުގެ އެންމެ ޗާލު ރަށް

މިއީ ދިވެހި ޖަޒީރާ ރަށްތަކުގެ ރައްޔިތުންގެ އިސްނެގުމާއި ބައިވެރިވުމާއިއެކު، ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކުރަމުންދާ އަގުހުރި މަސައްކަތްތަކާއި، ދިވެހިންގެ މުއްސަނދި އާދަކާދައާއި ސަޤާފަތް ދިރުވާ އާލާކުރުމަށް ކުރަމުންދާ މަސައްކަތްތައް ދެނެގަނެ، މި މަސައްކަތްތައް ގައުމީ ފެންވަރުގައި އަގުވަޒަން ކުރުމަށް ދެވޭ އެވޯޑެއްގެ ގޮތުގައި ޕީއެސްއެމް އިން ފާހަގަކުރެއެވެ.

މި އެވޯޑަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށް ހުޅުވާލެވިފައިވާއިރު، އެވޯޑަށް ހުށަހެޅޭނީ http://psm.mv/chaalu_award މެދުވެރިކޮށް ފޯމެއް ފުރާލައިގެންނެވެ.

އެވޯޑަށް ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު މަހުގެ 10 އެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!