ޚަބަރު
އޯޒޯން ފަށަލަ ހިމާޔަތްކުރުމާބެހޭ މުހިންމު ސައިޑް އިވެންޓެއްގައި ވަޒީރު ޠާރިޤް ބައިވެރިވެވަޑައިގެންފި

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އޮނަރަބަލް ޠާރިޤް އިބްރާހިމް، އޯޒޯން ފަށަލަ ހިމާޔަތްކުރުމާއި މޫސުމީ ބަދަލުތަކަށް ކުރެވުނު މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރާ ސައިޑް އިވެންޓެއްގައި ބައިވެރިވެވަޑައިގެންފިއެވެ.

މި އިވެންޓަކީ #APENVFORUM ގެ ތެރެއިން، ޔޫއެންއީޕީ އޯޒޯން (UNEP Ozone) ގެ އިންތިޒާމުގެ ދަށުން ބޭއްވުނު އިވެންޓެކެވެ.

“ދަ މޮންޓްރިއަލް ޕްރޮޓޮކޯލް އެންޑް ކިގާލީ އެމެންޑްމަންޓް – އަ ލެގަސީ އޮފް އޯޒޯން އެންޑް ކްލައިމެޓް އެކްޝަން” މި ނަމުގައި ކުރިއަށްދިޔަ މި ސައިޑް އިވެންޓްގެ މައިގަނޑު މަޤްޞަދަކީ، އޯޒޯން ފަށަލައަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރުމަށްޓަކައި މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން ކުރެވުނު ކާމިޔާބު މަސައްކަތްތަކާއި، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކިގާލީ އެމެންޑްމަންޓްގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލުމެވެ. މިއީ ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑެތި ތިމާވެށީގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުން ގުޅިގެން ކުރާ މަސައްކަތްތަކުގެ މުހިންމުކަން ހާމަކޮށްދޭ އިވެންޓެކެވެ.

ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކަލާ ކުރިމަތިލާންޖެހޭ އެއް ޤައުމެވެ. އެހެންކަމުން، މިފަދަ ބައިނަލްއަޤުވާމީ މަސައްކަތްތަކުގައި ބައިވެރިވެ، ދުނިޔެ ހޫނުވުން ހުއްޓުވުމަށްޓަކައި މަސައްކަތްކުރުމަކީ ދިވެހި ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުގެ މުހިންމު ބައެކެވެ. މިނިސްޓަރ ޠާރިޤް އިބްރާހިމް މި އިވެންޓްގައި ބައިވެރިވެވަޑައިގެންނެވުމަކީ، ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން ދެމުންދާ އަހައްމިއްޔަތު އަލުން ހާމަކޮށްދޭ ކަމެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!