ޚަބަރު
ޖުމުލަ 10 ޓީމާއެކު ކަނޑުހުޅުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ ފަށައިފި!

ކަނޑުހުޅުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ސްޕޯޓްސް ފިއެސްޓާ ޖުމުލަ 10 ޓީމުގެ ބައިވެރިވުމާއެކު ފަށައިފިއެވެ.
މި ފިއެސްޓާގައި ފުޓްސަލް އަދި ވޮލީ މުބާރާތެއް ހިމެނޭއިރު، ފުޓްސަލްގައި 6 ޓީމަކުން އަދި ވޮލީގައި 4 ޓީމަކުން ވާދަކުރާނެއެވެ.

މި ފިއެސްޓާ ރާވައި ހިންގުމުގެ މަސައްކަތް ވަނީ އާރްޑީ ސްޕޯޓްސް ކުލަބާ ހަވާލުކޮށްފައެވެ. ފުޓްސަލް މުބާރާތުގައި ރަށުން ބޭރުގެ ޓީމުތަކުގެ ތެރޭގައި ގއ. ގެމަނަފުށީ ފެލްކޯނިއާ، ހޫ އެސްސީ އަދި ގއ. ކޮނޑޭ ރެމްޕޭޖް ހިމެނެއެވެ. އަދި ރަށުގެ ޓީމުތަކުގެ ތެރޭގައި ކަންމަތި ސްޕޯޓްސް ކުލަބު، އެފްސީ އެސްޕާޑާ އަދި ރުއްގަނޑާ އެފްސީ ހިމެނެއެވެ.

ފިއެސްޓާގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކުރީގެ ގައުމީ ފުޓްބޯޅައިގެ ކުރީގެ ލެޖެންޑުންގެ ޓީމެއް ހިމެނޭހެން ފުޓްސަލް މެޗެއް ވަނީ ކުޅެފަައެވެ މީގެ ތެރޭގައި އަލީ އަޝްފާގު (ދަގަނޑޭ)، އިމްރާން މުހައްމަދު، މުހައްމަދު އުމައިރު، އަލީ ޝިޔާމް (ހުރާ އައްޔަ)، އަލީ އިބްރާހިމް (ކައްޕި) އަދި ކަނޑުހުޅުދޫގެ އުފަން ކުޅުންތެރިޔާ ފަރީދު މުހައްމަދު (ފަރިއްޓޭ) ހިމެނެއެވެ.

“އަޝްފާގު، އިމްރާންމެން ފަދަ ކުޅުންތެރިންނަކީ މިއަދު ގައުމުގެ ފުޓްބޯޅަ ލެޖެންޑުން. ކުޑަކުދިންނާއި ބޮޑެތި މީހުން އެންމެ ސަޕޯޓްކުރާ ކުޅުންތެރިން. މިކުޅުންތެރިންނާއިއެކު ފޮޓޯނަގައި، އޮޓޯގްރާފް ނަގަން ބޭނުންވާ އެތައް ކުދިންނެއް، އެތައް ސަޕޯޓަރުން ތިބޭނެ. އިރާދަކުރެއްވިއްޔާ އެފުރުސަތު ހޯދައިދޭނަން،” އާރްޑީގެ ޖެނެރަލް ސެކްރެޓަރީ އައިމަން، ލެޖެންޑުންގެ އެ މެޗުގެ ކުރިން ބުނެފައިވާ މިބަސްތައް ވަނީ ތެދުކޮށްފައެވެ. އަދި ރައްޔިތުންނަށް އުފާވެރިކަމާއި ފުޓްބޯޅައިގެ ޙަގީގީ ފޯރި އިހުސާސްކޮށްދިން ނުހަނު ފޯރިގަދަ މެޗެއް ވަނީ ގެނެސްދީފައެވެ.

މި ފިއެސްޓާގައި ފުޓްސަލް ޗެމްޕިއަން ޓީމަށް 50,000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު، ވޮލީ ޗެމްޕިއަން ޓީމަށް 10,000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިހާތަނަށް ކަނޑުހުޅުދޫގައި ބޭއްވޭ އެންމެ އަގުބޮޑު ކުޅިވަރު ފިއެސްޓާއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!