ޚަބަރު
މިދިޔަ މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އޮގަސްޓް މަހާއި ބަލާއިރު އިތުރު!

މިދިޔަ އޮގަސްޓު މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު %9 އިތުރުވެއްޖެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ އޮގަސްޓް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހުސްވި 3 މަހާއި އަޅާބަލާއިރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އޮގަސްޓް މަހު ރާއްޖެ އައިސްފައިވަނީ 192،058 ފަތުރުވެރިންނެވެ.

މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު %9 އިތުރު އަދަދެކެވެ. މިއަހަރުގެ އޮގަސްޓް މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6،195 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއަށް 1،486،926 ފަތުރުވެރިން ވަނީ އައިސްފައެވެ. ފުރަތަމަ 8 މަސްދުވަހު ރާއްޖެއައި ފަތުރުވެރިންގެ %73.4 ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 1 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިންނެވެ. %21.9 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އަދި %2.6 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ހޮޓެލްތަކުގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!