ޚަބަރު
އެފެކްސް އިން ފާހަގަވި ކަންކަން ރަނގަޅު ކުރެވޭނެ, އެކަމަށް އިސްކޮށް ހުރެގެން މަސައްކަތް ކުރާނަން: އެމްއޭސީއެލް ސީއީއޯ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ބޭއްވި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އިން ފާހަގަވި ކަންކަން ރަނގަޅު ކުރުމަށް އިސްނަންގަވައިގެން މަސައްކަތް ކުރައްވާނެ ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.

އިއްޔެ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ކުރިއަށްދިޔަ މި ހަރަކާތުގައި 33 އިދާރާއަކުން ބައިވެރިވިއެވެ. އަދި ހަރަކާތުގެ ބައެއް ހާލަތްތައް މާލެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލެއްގައިވެސް ކުރިއަށް ގެންދެވުނެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ، އެފެކްސް ހަރަކާތުގެ ތެރެއިން… ފޮޓޯ:އެމްއޭސީއެލް

“އެމަޖެންސީ ހާލަތެއްގައި އެމްއޭސީއެލްގެ އެންމެ މުހިންމު ޒިންމާއާއި ވާޖިބަކަށް ވާނީ މީހުންގެ ފުރާނަ ސަލާމަތްކުރުން،” ހަރަކާތް ނިންމާލުމަށްފަހު ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވި ބައްދަލުވުމުގައި ސީއީއޯ ޝަރީފު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި އެއް ބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި ރަނގަޅަށް މުވާސަލާތު ކުރުމަކީ ވަރަށްވެސް މުހިންމު ކަމެއްކަމަށް ފާހަގަކުރެއްވިއެވެ.

އެފެކްސްއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް، ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރުކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.

މި އެކްސަސައިޒްގެ މައިގަނޑު މަޤްސަދަކީ ވީއައިއޭގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި އެއާޕޯޓުގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ. ހަރަކާތް ނިމުމަށްފަހު ބޭއްވުނު ބައްދަލުވުމުގައި ހަރަކާތުން ފާހަގަވި ކަންކަމާއި ރަނގަޅުކުރަންޖެހޭ ކަންކަމާމެދު މަޝްވަރާކުރެވުނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!