ޚަބަރު
އދ މަހިބަދޫގެ މަގުތައް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ އަދާހަމަ އާރްޑީސީން ހާމަކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އދ. މަހިބަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ އަދާހަމަ މައުލޫމާތު މިއަދު ހާމަކޮށްފިއެވެ. މި މައުލޫމާތު އާރްޑީސީން ހިއްސާކޮށްފައިވަނީ “އެކްސް” މެދުވެރިކޮށެވެ.

އާރްޑީސީން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މިވަގުތު މަޝްރޫއުގެ ދަށުން ކުރިއަށްދަނީ ތައުލީމީ ހިނގުމުގައި ދުވާރު ކައިރީގައި ކާރބް ސްޓޯން ޖެހުމަށް މަގު ކޮނުމާއި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވަނީ ޑިޒައިން އެންޑް ބިލްޑްގެ އުސޫލުގެ ދަށުން، މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

42 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މި މަޝްރޫއު ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އާރްޑީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. މި މަސައްކަތް ނިންމުމަށް އާރްޑީސީއަށް ދީފައިވަނީ 420 ދުވަހުގެ މުއްދަތެކެވެ.

އާރްޑީސީން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އެ ކުންފުނިން ގެންދަނީ ގިނަ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރަމުންނެވެ. މަހިބަދޫގެ މި މަޝްރޫއަކީ އޭގެ ތެރެއިން އެއް މަޝްރޫއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!