ޚަބަރު
ތަޢުލީމީ ނިޒާމު، މިހާރަށްވުރެ ބޮޑަށް އިސްލާމީ ޢިލްމާއި ޙިލްމުގެ މައްޗަށް ބިނާކުރުމަށް ދަނީ މަސައްކަތް ކުރަމުން

ރާއްޖޭގެ ތަޢުލީމީ ނިޒާމު މިހާރަށްވުރެ ބޮޑަށް އިސްލާމީ ޢިލްމާއި ޙިލްމުގެ މައްޗަށް ބިނާކޮށް ބައިނަލްއަޤުވާމީގޮތުން ވާދަވެރި ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ދިވެހިރާއްޖެއިން އަމާޒު ހިފާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި މިއަދު ފެށުނު “އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް” ސެމިނަރ ފައްޓަވައިދެއްވަމުން ނައިބު ރައީސް މިވާހަކަ ވިދާޅުވިއެވެ. މި ސެމިނަރަކީ އައިޔޫއެމްއާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާއާއި އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް ގުޅިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ސެމިނަރެކެވެ.

ސެމިނަރ ފައްޓަވައިދެއްވަމުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، “އިސްލާމީ ދުނިޔޭގައި ޢިލްމު ފެތުރުއްވުމުގައި އައިއައިއައިޓީއާއި އައިއައިޔޫއެމުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކޮށްލަން ޖެހޭ” ކަމަށެވެ. އަދި އިސްލާމީ އަސާސްތަކުގެ މަތީގައި މުޖުތަމަޢުތައް ބައްޓަންކުރުމަށް މި ޖަމްޢިއްޔާތަކުން ކުރަމުންދާ މަސައްކަތާއި، ރާއްޖެއިން މިދާއިރާގައި ހޯދަމުންދާ ކުރިއެރުންތައްވެސް ފާހަގަކުރެއްވިއެވެ.

މި ސެމިނަރގައި ވާހަކަފުޅު ދައްކަވަމުން އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާގެ ރެކްޓަރ އެމެރިޓަސް ޕްރޮފެސަރ ދާތޯ ޑރ. ޢުޘްމާން ބިން ބަކާރު ވިދާޅުވީ، “ލީޑަރުންގެ ގޮތުގައި ކުރިއަށްދާނީ އަބަދުވެސް ޢިލްމުގެ އަހުލުވެރިން” ކަމަށެވެ. އަދި ލީޑަރޝިޕްގައި ކުރިއަރަން ބޭނުންވާ ފަރާތްތަކުން ތަޢުޙީދުގެ މަތީގައި ޤާއިމުވެފައިވާ ޢިލްމެއް ހޯދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސެމިނަރގައި އިސްލާމްދީނުގެ އަސާސްތަކުގެ އަލީގައި، އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިންނާއި، މީހުން ބިނާކުރުމުގެ ދާއިރާއިން މުހިންމު އެކި މަޢުޟޫޢުތަކަށް ފަންނީ ބޭފުޅުންގެ ގިނަ ވޯކްޝޮޕްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ވޯކްޝޮޕްގެ ސަބަބުން ރާއްޖޭގެ މުޖްތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ބައިވެރިންތަކެއް ތަމްރީންވެގެންދާނެ ކަމަށް އައިޔޫއެމުން ފާހަގަކުރައްވައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!