ޚަބަރު
އަންހެން ކުދިންގެ އަޑު އަހައި، އިޙްތިރާމް ލިބޭނެ މާހައުލެއް ޤާއިމު ކުރުމަށް މަސައްކަތް ކުރަންޖެހޭ: މެޑަމް ސާޖިދާ

އަންހެން ކުދިންގެ އަޑު އަހައި އެ ކުދިންނަށް އިޙްތިރާމް ލިބޭނެ މާހައުލެއް ޤާއިމްކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އެ ޕޯސްޓުގައި ވަނީ އަންހެން ކުދިންގެ ހިތްވަރާއި، ޤާބިލުކަމާއި އަދި އޯގާތެރިކަން ފާހަގަކުރައްވާފައެވެ. އަދި “މުޖުތަމައުގެ ތަރައްޤީއަށް އަންހެން ކުދިން ގެންނަ ބަދަލުތަކާއި، ދަތި އުނދަގޫ ވަގުތުތަކުގައިވެސް ސާބިތުކަމާއެކު ކުރިއަށްދާ ދިއުމަކީ އެ ކުދިންގެ ކެރުންތެރިކަން ދައްކުވައިދޭ ކަމެއް” ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އަންހެން ކުދިންނަށް ތަޢުލީމު ޙާޞިލުކޮށް، މުޖުތަމައަށް ޙިދުމަތް ކުރުމުގެ ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ފަސްޓް ލޭޑީ ވިދާޅުވިއެވެ. އަދި އެ ކުދިންގެ އަޑު އަހައި، އިޙްތިރާމް ލިބޭނެ މާހައުލެއް ޤާއިމްކުރުމަށް މަސައްކަތް ކުރުމުގެ މުހިންމުކަންވެސް ފާހަގަ ކުރެއްވިއެވެ.

ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު 11 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަން ފެށީ އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތަކަށް ސަމާލުކަން ގެނައުމަށާއި، އެ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ.

މި އަހަރުގެ އަންހެން ކުދިންގެ ދުވަހުގެ ޝިއާރަކީ “ދަ ގާލް އައި އޭމް، ދަ ޗައިލްޑް އައި ލީޑް: ގާލްސް އޮން ދި ފްރަންޓްލައިންސް އޮފް ކްރައިސިސް” އެވެ. މި ޝިއާރުގެ ދަށުން އަންހެން ކުދިންގެ ލީޑަރޝިޕް ސިފަތައް އިތުރުކޮށް، އެ ކުދިންގެ ދުޅަހެޔޮކަމަށް އިންވެސްޓްކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!