ވާހަކަ
ކުރު ވާހަކަ: ޤަދަރެއް ނެތް އެލޯތްބަކަށް، ބެލުމެއް ނެތް އެނބުރި ފަހަތަކަށް!

ކުލަބޮކިތަކާއި އެކިފާޑުފާޑުގެ މާތަކުން ޒީނަތްތެރިކޮށްފައިވާ ގޭތެރެއިން ކުލަކުލައިގެ ފަސްބައިތަކާއި ދޯޕައްޓާތައް ވިހުރުވޭތަން ފެނެއެވެ. މެހެފިލްގެ އުފާވެރިކަން އިތުރުކޮށްދީފައި ވަނީ އެޑްޝީރަންގެ “ތިންކިންގއައުޓް ލައުޑް” ލަވައިގެ ހިތްގައިމުކަމުންނެވެ. މިރޭގެ ލަވަތައްވެސް އޭނާއަށް މަލާމާތް ކުރާ ކަހަލައެވެ.

ކައިވެނިޕާޓީއަށް އައިސްތިބި އެންމެން އެމީހެއްގެ އެންމެ ގާތް ބަޔަކާއެކު މައްލަވަ ކުރުމުގައި ތުންގުޅާލައިގެން ތިބިއިރު އެކަނިވެރި އަނދިރި ކަނެއްގައި ފިލާ އިނދެގެން އޭނާ އެއިންތިޒާރު ކުރަނީ ރޭގެ އަރޫޝާ، މިރޭގެ މިހަފުލާގެ ރާނީ ފެންނާނެ ވަގުތަކަށެވެ. އަދި ޕާޓީ ފެށެން ކުޑަވަގުތުކޮޅެއް އަދި އެބައޮތެވެ. އޭނާގެ ހިތް ނެގިނެގިފައި ޖެހެނީއެވެ. ވަގުތު ކުޑަތަންވާ ވަރަކަށް މޭގަނޑު އަގައަށް އައިސްދާނެހެން ހީވެއެވެ. ކުއްލިއަކަށް މީހުން ހޭލަމޭލަވުމާއި ހަރަކާތްތައް އަވަސްވެއްޖެއެވެ. ގޭގެ އެތެރޭގެ ދޮރު ހުޅުވާލެވިއްޖެއެވެ. އަދި އިވެމުންދިޔަ ލަވަ އެރިކްލެޕްޓަންގެ “ވޮންޑަރފުލް ޓުނައިޓް” އަށް ބަދަލުކޮށްލެވުމާއެކުހެން އެ ފެނުނީ އޭނާގެ ދެލޯ އެމޫނެއް ފެނޭތޯ އިންތިޒާރު ކުރަމުންދާ މޫނެވެ. އެތެރެއިން ނުކުތް ދެމީހުންވެސް ތިބީ ހިނިތުންވެފައެވެ.

އެހެން އެންމެންގެ ތެރެއިން އޭނާއަށް ފެނުނީ އެމޫނެވެ. އެއުފާވެރި މޫނު ހާދަހާ ތާޒާވެފައި ނަލައެވެ. އިވެމުންދިޔަ ލަވައިން ބުނަމުންދާ ހެން “ހަގީގަތުގައިވެސް އަޖައިބެއްހާ ފުރިހަމައެވެ،

ޝެރިން ލައިގެން ހުރީ ފިނިފެންމާ ކުލައިގެ ފަށުވި ފޮތީގެ ކައިވެނި ހެދުމެކެވެ. އެހެދުމުގައި ޝެރިން ހުރުމުން އޭނާގެ ހިތަށް އިތުރަށް އަސަރުކޮށްފިއެވެ. ޝެރިން އަދިވެސް އޭނާގެ ހަނދާން ކުރަނީތާއެވެ. އެހެންނޫންނަމަ އެހެދުމުގައި މިރޭ ޝެރިން ހުންނަންވީ ކީއްވެގެންހެއްޔެވެ. އޭނާއަށް ހިތާ ދިމާލުން މޭގައި ހިފަހައްޓާލެވުނެވެ. މިއީ ހާދަހާވާ ތޫނު ތަދެކެވެ. އެކަމަކު މިތަދު ހޯދީ އޭނާ އަމިއްލައަށެވެ. ޝެރިން އޭނާގެ ކުރިމަތީގައި އެހެން މީހެއްގެ އަނތްބަކަށް ވަނީއެވެ. އެއީ އޭނާގެ އަމިއްލަ ދެއަތުން ކަފުންކޮށް ވަޅުލީ ލޯތްބެކެވެ. ވީއިރު މިރޭ މިތާ ކަނެއްގައި އިނދެ މިހިތްދަތިވަނީ ކީއްކުރަން ހެއްޔެވެ.

ޝެރިންގެ ކަނާތު ޝަހާދަތް އިނގިލީގައި ހިފަހައްޓައިގެން ގަދަ ފިޔާތޮށިކުލައިގެ ލޭސްފޮތީގެ ކޮކާ ހެދުމުގައި އެހެރަ އަންނަނީ އޭނާއާއި ޝެރީންއާ ދެމެދުގައި ބާކީ އޮތް ހަމައެކަނި ގުޅުމެވެ. އެދެމީހުންގެ ލޯބީގެ ހަމައެކަނި ހަނދާނެވެ. ދިރިހުރި ހަމައެންމެ ނިޝާނެވެ. އަނދިރީގެ ތެރޭގައި އިން ނިޔާޒުގެ ލޮލުން ކަރުނަ ފާއްދާލީ އިހުތިޔާރަކާ ނުލައެވެ. އެވަގުތު ދިމާކުރިމަތިން ވަދެގެން ދިޔަ ޒުވާނާ ތާތި އުރާލައިފިއެވެ. އަދި އެއްއަތުން ތާތި ހިފަހައްޓައިގެން އަނެއް އަތުން ޝެރީންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. މިރޭގެ ހާއްސަ މޭޒާ ދިމާއަށެވެ. ކައިވެނި ކުރުން އޮތީ ނުވައެއް ޖަހާއިރެވެ. ބާކީ ހުރީ އެންމެ ދިހަ މިނެޓެވެ.

ނިޔާޒު އިސްޖަހާލިއެވެ. ފަސް އަހަރު ކުރީގެ މަންޒަރުތައް އޭނާގެ ސިކުނޑީގައި ހައިޖާނެއް އުފައްދަނީއެވެ. ހަމަ މިގޭގެ މިގޯތިތެރެއިން ނިޔާޒު، ޝެރިން ގޮވައިގެން ދިޔައީ މިކަހަލަ ޕާޓީއެއްގެ ތެރެއިންނެވެ. ޝެރިންގެ ބައްޕަ މިގޭގައި ބޭއްވި ޝެރިންގެ އަށާރަ ވަނަ އުފަންދުވަހުގެ ޕާޓީއެވެ. ޝެރިން ނިޔާޒާ ގުޅުން ބާއްވާކަން އެނގުނު ވަގުތުން ފެށިގެން ބައްޕަ ހުންނަނީ އައްޑަނަ ނަގައިގެންނެވެ.

ތިން އަހަރު ކުރިން ކެރިއޯކޭ ސްޓާމޭކާއިން ދިމާވެގެން އެކުގައި ކެރިއޯކޭ ލަވައެއް ކިޔުމުން ފެށުނު ގުޅުމެކެވެ. އޭގެ ހަފުތާއެއް ފަހުން ކެރިއޯކޭއެއް ރާވައިގެން ޕްރޮގްރާމެއް ހިންގީ، ނިޔާޒުގެ އަމިއްލަ ހަރަދުގައި ހަމަ އެންމެ ބޭނުމެއްގައެވެ. ޝެރިންއާ ބައްދަލުވާން ބޭނުން ވެގެންނެވެ. އަމީނިއްޔާ ސުކޫލުގެ ގުރޭޑު ދިހައެއްގެ އެންމެ ތޫނުފިލި، ކުޅިވަރުގެ ރޫހުގައިވެސް އެންމެ ވިދަމުން ދިޔަ ދަރިވަރެވެ. އެހާ ބަސްއަހާ ކުއްޖަކު ސްޓާމޭކާ އެޕުން ބައްދަލުވުމުން ސުވާލު އުފެދެން ޖެހޭނެއެވެ. ޖަވާބު ވަރަށް ސާދާވެފައި ސާފެވެ. އެއީ އާއިލާގެ ބޮޑުދައިތަމެން ކުރާ ކަމެކެވެ. ޝެރިން އަކީ ރީތިކޮށް ލަވަކިޔާ ކުއްޖަކަށްވާތީ ބައިވެރިކުރަނީއެވެ.

ނިޔާޒުގެ ސްޓޫޑިއޯގައި ބޭއްވި ކެރިއޯކޭއަށް ދިން ދައުވަތު ޝެރިން ވަރަށް ފަސޭހައިން ގަބޫލުކުރިއެވެ. ހަގީގަތުގައި މަޝްހޫރު ކުރެހުންތެރިޔާ ނިޔާޒާ ބައްދަލުވާން ފުރުސަތު ލިބުމުން ޝެރިން ހުރީ މާކުރިއްސުރެވެސް އުފަލުން ފޮޅިފައެވެ. އެދުވަހުން ފެށިގެން ނިޔާޒާއި ޝެރިންގެ ގުޅުން ބަދަހިވަމުން ގޮސް ވާނެ ހުރިހާ ގޮތެއް ވެ ނިމި ނުވާން ޖެހޭ ގޮތްތައްވެސް ވާން ފެށީއެވެ.

ސުކޫލުގައި ތަފާތު ގޮތަކަށް ޝެރީންގެ ނަން ހިނގަން ފެށުމުން ސުކޫލުން އެކަން ގެއަށް އަންގައިފިއެވެ. ޝެރިންގެ މަންމައާއި ބައްޕަގެ ދުނިޔެ އެނބުރިގަތްފަދަ ހަބަރަކަށްވެ ގޭގައި ބޮމެއް ގޮވައިގެން ދިޔުންފަދަ ވީ އަހަރުގެ ފަހުޓާމްގެ ނަތީޖާއާއެކުގައެވެ. މުޅި ސުކޫލުން އެއްވަނައިގަ ހޮވެމުން އައި ދަރިވަރު، ސީނިއާ ޕްރިފެކްޓަރަކު އެއްޓާމުން އަނެއްޓާމަށް އެހާ ބޮޑު ބަދަލެއް އައުމަކީ ސުވާލު އުފެދެން މަޖުބޫރު ކަމެކެވެ. ތިން މާއްދާއިން ފާސްވީ ހަމަ ކިރިޔަކިރިޔާ ރެޑްލައިނުގައެވެ. އެވަރުންވެސް ޝެރިން އެންމެ ލޯބިވީ މާއްދާ ކެމިސްޓްރީއިން ފެއިލްއެވެ. ހައިރާންވެ ތުބަށް އިނގިލި އެރީ އިސްލާމުން ސީ ފާސްއޮތުމުންނެވެ. އެނޫން އެހެން ހުރިހާ މާއްދާއެއް ޑީ އީގައެވެ.

ޝެރިންގެ ޖަވާބު ސާފެވެ. މީހަކާ އިންނަންވީއެވެ. ދެނެއް ނުކިޔެވޭނެއެވެ. ކިޔަވަންޏާ ކިޔެވޭނީ ނިޔާޒާ ބައްދަލުވެ އުޅުމަށް ހުއްދަދީ ސުކޫލު ނިންމާފައި އޯލެވެލްއަށްފަހު ވަގުތުން އިންނަން ހުއްދަދޭނަމައެވެ. ބައްޕަގެ އަތް އިސްވެފައިވެސް ޝެރިންގެ ގައިގައި ޖެހުމުގެ ބަދަލުގައި ރޮއިގެންފައި ފިރުމަމުން ކުރީ އާދޭހެވެ.

ދެމަފިރިންގެ ކައިވެންޏަށް ފަނަރައަހަރު ފަހުން އެތައް ދުއާއަކާއި އެތައް ބޭސްފަރުވާއަކާއި އެތައް ނަދުރަކަށްފަހު ލިބުނު ހަމައެންމެ ދަރިއަކު އެހެން ބީވާން ރުހެވޭނީ ކޮން ހިތަކަށްހެއްޔެވެ. ޝެރިންއަކީ ބަސްއަހާ ކިޔަމަންތެރިކަމަށްވެސް ނަމޫނާ ދަރިފުޅެކެވެ. އެކަމަކު އަލަތުލޯބީގާ އެހުރިހާ ގޮތަކުންވެސް ޝެރިން ހުރީ ކަނުވެފައެވެ.

ގަދަބާރުންވެސް ދަރިފުޅު ހަމަމަގަށް އަޅުވަން ބޭނުންވާތީ ފާރަވެރިކަމާއެކު ބަލަހައްޓަން ޖެހުނީއެވެ. ނަތީޖާ ގޯހުން އެންމެ ގޯހަށް ދާ ހިސާބަށް ކަންތައް ގޮސްދާނެތީ ތާއަބަދު މަންމައާއި ބައްޕަ ކޯއްޓެ ޖަހައިގެން ޝެރިން ނިދުނީމަވެސް ބަލަހައްޓަން ތިބެއެވެ. އެންމެ ފަހުން މަކަރާއި ހީލަތުން މަންމައާއި ބައްޕަގެ ސިކުނޑިއަށް ހުތްއަޅަން ދަސްކޮށްދިނީ ނިޔާޒުގެ ކޯޑުނޯޓެކެވެ. ޝެރިން ވަރަށް ބަސްއަހާ ކުއްޖަކަށް އަނެއްކާވެސް ވިއެވެ. ހިތްވަރުކޮށްފައި ފިލާވަޅާއެކު ކުރިއަށްދާން ފެށިއެވެ. ބޮޑާހޭކުން ދޫކޮށް މާފަށް އެދުނެވެ. ލޯބިވާ މަންމައާއި ބައްޕަގެ ލޮލުގައި ކަނު ބަންނަން ވަރަށް ފަސޭހަވިއެވެ.

މާމަތިން ނޫނަސް އާދައިގެ ވަރެއްގައި އޯލެވެލް އިމްތިހާނުން ފާސްވެގެން އިތުރަށް ކިޔެވުމަށް ޝެރިން ފެށިއެވެ. އެއަހަރަކީ އެމީހުން އިންތިޒާރު ކުރިއަހަރެވެ. ޝެރިންގެ އަށާރަ ވަނަ އުފަންދުވަހުގެ ޕާޓީ ބޭއްވީ ޝެރިންގެ އެދުމުގެ މަތިންނެވެ. ބޭނުން ކުލައަކުން ބޭނުންގޮތަކަށް ހެދުން ފަރުމާކޮށްދެވުނެވެ. ހަގީގަތުގައި ވާން އުޅެނީ ކީއްކަން އެނގޭނީ އޭނާއާއި ނިޔާޒަށެވެ. ދެން އެމީހުންގެ ކަދުފަތި ޝެރިންގެ ބެސްޓީ ނުޒުހާއަށެވެ. ރޭވުމާ އެއްގޮތަށް ބަރާބަރު އަށްގަޑި ބަޔަށް ނިޔާޒު ޝެރިން ބަލާއައެވެ.

ގޭގެ އެންމެންގެ ތެރެއިން ވަދެގެން ގޮސް ބޮޑުކޮޓަރީގައި ތިބި އެންމެންގެ ހާޒިރުގައި ޝެރިން ގޮވައިގެން ނިޔާޒު ދިޔައީ ބުނަން ޖެހޭ ވަރަށް ބުނެފައި އަންގަން ޖެހޭވަރަށް އަންގާފައެވެ. ރީތިކޮށް ވަލީދޭން ބޭނުންނަމަ އެގެއަށް ފޮނުވާ ހެކިންނާ ވަލީ ހަވާލުކުރުމަށް ބުނެފައި ބޮޑޭވެފަ ނިޔާޒު ޝެރިންގެ އަތުގައި ހިފައިގެން ދިޔައީއެވެ. ދެބައި އުމުރަށްވުރެ މައްޗަށް ގޮސްފައިވާ ދެމަފިރިން އެމީހުންގެ އަންހެންދަރިފުޅާމެދު އިހުމާލުވެވުނީ ތަރުބިއްޔަތު ގޯސްވީ ކޮންދިމާއަކުން ކިހިނެއްކަން ނޭނގިފައި، ވެގެން ދިޔަ ބަދުނާމާއި ގަތް ލަދާމެދު ހިތްދަތިވެފައި ތިބީ ގޮތް ހުސްވެފައެވެ.

ކައިވެންޏަށްފަހު ނިޔާޒު ދިރިއުޅެމުން ދިޔަ ކުޑަކުޑަ ފާހާނާއާއެކީ ހުންނަ ސްޓޫޑިޔޯއަށް ނިޔާޒު ބޭނުންކުރާ ކޮޓަރިއަކީ ދުނިޔެމަތީގައި ސުވަރުގެ ކަމަށް ޝެރިންއަށް ހީވަމުން ދިޔައީ އިންތިހާއަށް ނިޔާޒު ދެކެ ލޯބިވާތީއެވެ. އަރާމު ބޮޑު އެނދެއްގައި ނިދާ ބޮޑުވި ޝެރިންއަށް ނިޔާޒުގެ މުލައްދަޑިއާއި މޭމަތީގެ އެހީގައި ބިންމަތީގައި އޮންނަ ގޮދަޑިގަޑުގައި ނިދުން މާއަރާމެވެ. ނުހަނު މީރުކޮށް ކައިގެން ބޮއިގެން އުޅުނު ޝެރިންއަށް ކޮންމެ ދުވަހެއްގެ ކެއުމަކީ އެއްއިރު ޕާނާއި ބަޓާރ ޖޭމު ނޫނީ ކްރީމްކްރޭކާ ބިސްކޯދާއި ކަޅުސަޔެވެ. އަނެއް އިރު ބަތާއި ކޮންމެވެސް ކަހަލަ ރިހައެކެވެ. އެއީ ހޮޓަލުން ދެއިރަށް ގެންނަ ކެއުމެވެ. ބަދިގެއެއް ކައްކާތަނެއް ނެތި ކެއްކޭކަށް ނޯންނާނެތާއެވެ. މިހުރިހާ ދައްޗަކާވެސް ޝެރިން އިނީ ރުހިގެންނެވެ. މާދަމާ ރަނގަޅު ވަޒީފާއެއް ލިބިގެން ނިޔާޒު އޭނާ ގޮވައިގެން ކޮންމެވެސް ރަނގަޅު ތަނަކަށް ބަދަލުވެދާނެކަމުގެ އުންމީދުގައެވެ. ވަޒީފާއެއް ހޯދައިގެން އޭނާ ވަޒީފާއަށް ދާން ފެށީ ނިޔާޒަށް މިޔުޒިކް ހަދައިދީ ލަވަ ކިޔާ ހިތާނީ ޝޯވފަދަ ޝޯވތައް ދީގެން ލިބޭ އެތިއެތިކޮޅުން ނުފުދޭތީ ދެމީހުން އެކުގައި ހޯދާ ލާރިން ދިރިއުޅުން އުޖާލާ ކުރެވޭތޯއެވެ.

ދެންވީ ކޮންމެ މިފަދަ ދިރިއުޅުމެއްގައިވެސް ކަންވާގޮތަށެވެ. ޝެރިން ބަލިވެ އިންކަން އެނގުމުން އުފަލުން ނިޔާޒަށް އެހަބަރު ދިނީ އަވަހަށް އެހެން ގޮތަކަށް ދިރިއުޅުން ބަދަލު ކުރުމަށް ތެޅިގަންނާނެ ކަމަށެވެ. އެކަމަކު ނިޔާޒަކަށް ޝެރިންގެ އެ އުންމީދު ފުރިހަމަކޮށްދެވޭކަށް ނެތެވެ. ކޮންމެ ކޮންމެ ވަޒީފާއެއް އޭނާ ބޭނުމެއްނޫނެވެ. ރިސޯޓު މިޔުޒިކް ކުޅެން ވެސް އަބަދު ދާކަށް ބޭނުމެއް ނޫނެވެ. ރިސޯޓަކަށް ގޮސްފިއްޔާ ޝެރިން މާލޭގައި އެކަނި އިންނަން ޖެހޭނެތީ އެކަމާ ނިޔާޒަކަށް އެއްބަހެއް ނުވެވުނެވެ. ކޮންމެއަކަސް ލޯބިވިޔަސް ލޯތްބަކުން ބަނޑެއް ނުފުރޭނެއޭ ބުނާ ވާހަކައިގެ ތެދުކަން ޝެރިންއަށް އިހުސާސްވާން ފަށައިފިއެވެ. އެކަނި ހުރި ދުވަހު ކޮންމެ ހާލެއްގައި އުޅެން ވެސް ރުހެވިދާނެއެވެ. އެކަމަކު ލިބެން އުޅޭ ދަރިފުޅަށް މިބިކަ ދުނިޔެ ދައްކާކަށް ޝެރިން ނުރުހުނެވެ.

ފުރަތަމަ ރީތިކޮށް ނިޔާޒަށް ވިސްނައިދޭން ޝެރިން މަސައްކަތް ކުރިއެވެ. މިހާރުވެސް ގޭގެ ހުރިހާ ކަމެއްހެން ކުރަނީ ޝެރިންގެ މުސާރައިންނެވެ. ނިޔާޒަށް މަހަކު ފަސްސަތޭކަ ރުފިޔާވެސް ލިބެނީ މަދުފަހަރަކުއެވެ. ބައްޕަގެ އެހީ ނުލިބުނުނަމަ މިދިޔަ ދެމަހުގެ ކަރަންޓާއި ފެން ބިލު އޮތީހީ ނުދެއްކިފައެވެ. މަޑުމަޑުން ވިސްނައިދިނުމަށް، ލޯބިން ފެށި ވާހަކަ، ޖަދަލަކުން ޒުވާބަކަށް ބަދަލުވެ އެންމެ ފަހުން ނިޔާޒުގެ އަތް އުފުލި ޝެރިންގެ މޫނުމަތީގައި ހޫނުކޮށް ބާރަށް ފިރުމާލައިފިއެވެ. އެއްކަލަ ދުވަހު ބައްޕަގެ އަތް އިސްވެފައި ތިރިވިގޮތް ޝެރިންއަށް އިހުސާސްވީ އެވަގުތެވެ.

ނުވަމަހަށް އަޅައިގެންފައިވާ ބޮޑު ބަނޑަށްވެސް ބެލުމެއް ނެތި ނިޔާޒު ދެވަނަ ފަހަރަށް ޝެރިން ކޮއްޕާލީ ކޮޓަރި ކަނާދިމާއަށެވެ. އެތަނުގައި ހުރި ކުޑަމޭޒުގަނޑުގައި އަޅައިގެންފައި އަނގަވަތަށް ވެއްޓެން ދިޔަ ޝެރިންގެ ގައިގައި ކޮންމެވެސް މީހަކު ހިފެހެއްޓީ ނަސީބެވެ. އެއީ އެގޭގެ ވެރި މީހާގެ ދަރިފުޅެވެ. ކޮންމެވެސް ބިލެއްގެ ވާހަކަ ބުނަލެން އައިތަނާ މަންޒަރު ފެނުނީއެވެ. ދެމަފިރިންގެ ދެމެދަށް ވަނުން ގޯސްކަމަކަށް ވިޔަސް މާބަނޑު އަންހެނަކަށް އަނިޔާ ކުރާކަށް ހުއްދައެއް ނުދެވޭނެ ކަމަށް ޒުވާނާ ބުންޏެވެ.

ހަތަރު އަހަރަށްފަހު ޝެރިންގެ ލޮލުގައި ބަދެވިފައި ހުރި ލޯބީގެ ކަނު މޮހާލެވުނީ އެދުވަހުއެވެ. އަސްލު ހަގީގީ ޝެރިން އަނބުރާ އިއާދަވެއްޖެއެވެ. ހެދިހާ ފަންޑިތައެއް ލޯބި ލޯބި ކިޔައިގެން ދެއްކިހާ ދަޅަތަކަށް ހެއްލިގެއްލިފައި ހުރި ޝެރިން އަނބުރާ އައީއެވެ.

އެގެއަށް ޝެރިން އައީވެސް ލައިގެން ހުރި ހެދުމާއެކު ހުސްއަތާއެވެ. އެދުވަހު އެގެއިން ނުކުމެގެން ދިޔައީވެސް ހަމަހުސްއަތާއެވެ. އެކަމަކު މައިންބަފައިންގެ ގެއިން ނުކުތީ އެމީހުންގެ ކުޑަކުޑަ ދަރިފުޅު ނަމަވެސް އެނބުރި ގޮސް އެގޭގެ އޮޅިގަނޑުމަތީ ފައިއެޅީ ޝެރިން އެކަންޏެއް ނޫނެވެ. ޝެރިންއާއެކު އެހެން ފުރާނައެއްވެސް ދިޔައެވެ. މަންމައާއި ބައްޕަ ޝެރިންގެ ދެފަރާތުން އޮޅުލައިގަނެ ފިރުމާ ބޮސްދީ ހެދިއެވެ. ދުވަހަކުވެސް އެނބުރި ނުދާނެ ކަމަށް ޝެރިން ވައުދުވިއެވެ. ރޮއިއޮރިފައި މައާފަށް އެދުނެވެ. ހިތްސާފު މައިންބަފައިން އެވާހަކަ އެހިސާބުން ނުދެއްކުމަށް ބުނެ އެވާހަކަ ހަނދާންނައްތާލަން ނަސޭހަތްދިނެވެ. ޝެރިންއަށް ވިސްނުނީ ދެނެވެ. ތެޅިޔަސް މެރިޔަސް ލޯބިވާނީ މައިންބަފައިންނެވެ. އެމީހުން ދަރިއަކަށް ދެރަގޮތެއް ނޭނދެނެއެވެ.

” ނިޔާޒު … ކިހިނެއްވެފައި ތިތާ ތިއިނީ…؟” ނިޔާޒު ސިހިގެން ގޮސް ބަލާލިއެވެ.

ކުރިމަތީގައި ހުރީ އެދުވަހު އޭނާގެ އަތްދަށުން ޝެރިން ސަލާމަތްކޮށްގެން ގެންދިޔަ، އޭރު އޭނާ އުޅުނު ގޭގެ ވެރިމީހާގެ ދަރިފުޅެވެ. މިހާރު އެގެއާއި އެހުރިހާ ވިޔަފާރިއެއްގެވެސް ވެރިމީހާއެވެ. އަދި މިއަދު ޝެރިންގެ ދެވަނަ ފިރިމީހާވެސްމެއެވެ. ނިޔާޒަށް ބަލާލެވުނީ ހަސަދައިގެ ނަޒަރަކުންނެވެ. އޭނާއާ އަޅާ ބަލާއިރު އިސްކޮޅުން ކުޑަކޮށް ދިގުވެފައި ސަމައްތަރުހެޔޮ ބުރުސޫރައެއް ހުއްޓަސް އޭނާހާ ރީއްޗެއްނޫނެވެ. ޝެރިންއަށް މިމީހާ ކަމުދިޔައީ ކޮން ގޮތަކަށް ހެއްޔެވެ.

“އަނހާ. މިތަނުގައި ތިހިރީ….ވަރަށް ހޯދައިފިން…..” ޝެރިންގެ ރީތިއަޑުގައި މިރޭ ހުރީ ނުހަނު ބޮޑު ހަމަޖެހުމަކާއި އުފާވެރިކަމެކެވެ. ފިރިމީހާގެ އަތުގައި ހިފާލަމުން ޝެރިން ކުރިމަތީ ހުރި ނިޔާޒަށް ބަލާލިއެވެ. އެއްވެސް އަސަރެއް ނެތް ބެލުމެކެވެ. އެއްވެސް ހާއްސަކަމެއް ނެތް ހިނިތުންވެލުމެކެވެ.

“އަސްތާ…ޕާޓީ ފެށިއްޖެއެއްނު….ރަނގަޅަށް ކާންވާނެ…އަވަހަށް ދުރުވޭ….”

ޝެރިންގެ އަޑުގައި ރައްޓެހިކަމެއްވެސް ބީރައްޓެހި ކަމެއްވެސް ނެތެވެ. ނިޔާޒަށް އެއްޗެކޭ ބުނަން ފުރުސަތު ދޭކަށް ޝެރިން ގަސްދެއް ނުކުރިއެވެ. ނުހަނު ލޯބިވާ ފިރިމީހާ އަތުގައި ހިފައިގެން ހިނގައިގަތީ އޭނާގެ މުސްތަގުބަލަށް ރޭވިފައިވާ އުފާވެރި ވަގުތުތައް ތަސައްވުރުކުރަމުންނެވެ.

މަންމައާއި ބައްޕަގެ ގާތަށް ހުއްޓި ކޭކު ފެޅުމަށް ޝެރިން ތައްޔާރުވެލިއެވެ. ޝެރިންގެ ފިރިމީހާ ޝަދަފު، މަންމަގެ އުރުގައި އިން ދެއަހަރަށްދާ ދަރިފުޅު އުރާލި މަންޒަރު ދުރުގައި ހުރެގެން އެދަރިފުޅުގެ ބައްޕަ ބަލާނެކަން ނޭނގެއެވެ.

ދަރިފުޅު ވިހޭ ފަހުން ނިޔާޒު ޝެރިން އާ ބައްދަލުކުރި ތިން ފަހަރުން ކުރެ އެއްވެސް ފަހަރަކީ ދަރިފުޅަށްޓަކައި އާދޭސްކުރަން އައި ފަހަރެއް ނޫނެވެ. އެއިން ކޮންމެ ފަހަރަކުވެސް ކުރެވުނީ ޒުވާބެވެ. ލިބުނީ ކޮންމެވެސް ކަހަލަ އަނިޔާއެކެވެ. ދަރިފުޅު ކޮބައިތޯ އަހާވެސްނުލައެވެ. ވީއިރު މިރޭ އިރާކޮޅުން ފެށިގެން ނިޔާޒު ރޮއި އާދޭސް ކުރަމުން އެއުޅެނީ ކޮންކަމެއް ވޭތޯ ހެއްޔެވެ.

ކޮންމެ ކަމެއް ވޭތޯ އުޅުނަސް މިހާރުދެން ޝެރިންއަށް ހެވެވެ. ދިރިއުޅުމުން ގެއްލުނު ހަތަރުފަސް އަހަރު އަނބުރާ ނުގެނެވޭނެއެވެ. އެކަމަކު ޝެރިން އަށް އެއްކަމެއް ޔަގީންކަމާއެކު އެނގެއެވެ. ދުވަހަކުވެސް ޝެރިން ފަސްއެނބުރި ނުބަލާނެއެވެ. ދަރިފުޅާއެކު އަބަދުވެސް ޝެރިން ދާނީ ކުރިއަށެވެ. އަދި ދެނެއް ދުވަހަކުވެސް ނިޔާޒަކަށް މި ޝެރިންގެ ލޮލުގައި ލޯބީގެ ކަނެއް ނުބަދެވޭނެއެވެ. ޝެރިންއަކީ އޭރުވެސް މިހާރުވެސް މައިންބަފައިންގެ ބަސްއަހާ ދަރިއެކެވެ. ސޭކުމޮޔަކުށެއް ދެނެއް ޝެރިން ނުކުރާނެއެވެ. އަމުދުން މިހާރު ޝެރިންއަކީ މަންމައެކެވެ.

“މަމީޑާލީ…ތާތި އުރާލަދީ…” ކުޑަކުޑަ ތާރާގެ އަޑު އިވުނެވެ. ޝެރިން ޝަދަފުގެ އުރުން ތާތި ނަގާ އުރާލިއެވެ. “ތާތި ލަވްޔޫ މަމީޑާލީން…” ތާރާގެ ކުޑަކުޑަ މޫނު ޝެރިންގެ މޫނުގައި ޖައްސާލިއެވެ. އެވަގުތު ޝެރިންއަށް އިހުސާސް ކުރެވުނީ އޭނާއަކީ މުޅި ދުނިޔޭގައި ހުރި އެންމެ އުފާވެރި މަންމަކަމުގައެވެ. ޝަދަފުގެ މޫނަށް ބަލާލަމުން ޝެރިން ހިނިތުންވެލުމަކާއެކު ކޭކަށް އިޝާރާތްކޮށްލިއެވެ. އަދި ދެން އެންމެންގެ ތަހުނިޔާއާއިމުބާރިކް ދިނުމުގެ އަޑު އުފުލިގެން ދިއުމާއެކު ކޭކުގައި އުއްބައްތި ދިއްލާލެވިއްޖެއެވެ.

މިއުފާވެރި މާހައުލު ދޫކޮށް ނިޔާޒު އެގެއިން ނުކުމެގެން ހިނގައިގަތެވެ. އޭނާގެ އަތުން އަބަދުގެ އަބަދަށް ޝެރިން ގެއްލުނު ކަމުގެ ހިތްދަތި ތަދު އޭނާ ވަރުބަލިކޮށްލައިފިއެވެ. އަމިއްލަ އަތުން ޝެރިން ނަގާލެވުނުކަމުގެ ކުށް އިހުސާސުގައި ހުރެގެން ނިޔާޒުގެ ފިޔަވަޅުތައް ނެގެމުން ދިޔައީ އޭނާގެ ކޮޓަރިގަނޑާ ދިމާއަށެވެ.

(ނިމުނީ)

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!