ޚަބަރު
އަތޮޅު ކައުންސިލްތައް އުވާލުމުން އަންނަ އަހަރު ކައުންސިލުތަކާއި ސިޓީ ކައުންސިލްތަކަށްދޭ ބްލޮކް ގްރާންޓް ބޮޑުވާނެ: ރައީސް

އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން، އަންނަ އަހަރު ރަށްރަށުގެ ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ކުރިއަށްވުރެ ބޮޑުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއީ ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ އިތުރު ފިޔަވަޅެކެވެ.

ށ. ބިލެތްފަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކުގެ ބްލޮކް ގްރާންޓް 5 އިންސައްތައިން 10 އިންސައްތައަށް އިތުރުކުރެވޭނެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދޭ ފައިސާގެ އަދަދުވެސް އިތުރުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އަތޮޅު ކައުންސިލްތައް އަޅުގަނޑުމެން މިއުވާލަނީ، އުވާލީމަ ދެން ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ބަޖެޓު ހަމަޖައްސާއިރު، ރަށު ކައުންސިލްތަކަށް މިހާރު ލިބޭ އިންސައްތަ އެބަ ބޮޑުކުރަން. ރަށްރަށުގެ ކައުންސިލްތަކަށް ލިބޭ ޢަދަދު ބޮޑުވާނޭ ނިސްބަތުން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، މުނިސިޕަލް މަސައްކަތްތަކަށް ކުރިން އާބާދީގެ ނިސްބަތުން ދެމުންދިޔަ ބްލޮކް ގްރާންޓް، ބިމުގެ ބޮޑުމިނަށް ބަލައިގެން ދޫކުރާ ބަޖެޓަކަށް ބަދަލުކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ނިންމާފައެވެ.

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނުގެ އެންމެ މުހިންމު މަޤްޞަދަކީ ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމު ބާރުވެރިކުރުވުމެވެ. މީގެ ތެރޭގައި ސަރުކާރު ހިންގެވުމުގައި ތިއްބަވާ ބޭފުޅުން އަތޮޅުތަކުގެ ރައްޔިތުންގެ ގާތަށް ވަޑައިގަތުމުގެ ނިޒާމު ތަޢާރަފުކުރެވި، އޭގެ ފައިދާ ރައްޔިތުންނަށް ލިބެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!