ޚަބަރު
ށ ފީވަކުގައި އެމްޓީސީސީ އިން އަޅާ ސުކޫލުގެ އަމަލީ މަސައްކަތް ފަށައި، ފެނަކަ އިން ތަރައްގީކުރާ ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ށ. ފީވަކަށް ކުރެއްވި ދަތުރުފުޅެއްގައި، އެރަށުގައި ސަރުކާރުން ތަރައްޤީގެ މުހިންމު ތިން މަޝްރޫޢެއް ފައްޓަވައިދެއްވައިފިއެވެ.

މިގޮތުން ފައްޓަވައިދެއްވި މަޝްރޫޢުތަކުގެ ތެރޭގައި، އެމްޓީސީސީން އިމާރާތްކުރާ ތިން ފަންގިފިލާގެ ސްކޫލް އިމާރާތާއި، ފެނަކަ ކޯޕަރޭޝަނުން ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އަދި ފުލުހުންގެ މަރުކަޒު ހިމެނެއެވެ. ސްކޫލް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އާދަމް ޝަރީފް އުމަރު އެވެ. ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަދި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ ޢަލީ އިޙްސާން އެވެ.

ފިޓްނަސް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ (ރިޓަޔާޑް) މުޙައްމަދު ނަޖާޙް އަދި މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މި ރަސްމިއްޔާތުތަކުގައި ފީވަކު ކައުންސިލްގެ ރައީސް ޢަލީ ރަޝީދު ޙަސަން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment