ޚަބަރު
ފުނަދޫގައި ޤާއިމްކުރި 30 ޓަނުގެ އައިސްޕްލާންޓް ރައީސް ޑރ މުއިއްޒު ހުޅުއްވައި ދެއްވައިފި

މިލަދުންމަޑުލު އުތުރުބުރި ފުނަދޫގައި ޤާއިމްކޮށްފައިވާ 30 ޓަނުގެ އައިސްޕްލާންޓް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި އައިސްޕްލާންޓް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ މަނިކުފާނު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ފުނަދޫގައި ޤާއިމްކޮށްފައިވާ މި އައިސްޕްލާންޓަކީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ ފެންވަރުގެ ވަސީލަތެކެވެ. މި އައިސްޕްލާންޓް ހުޅުވުމަށްޓަކައި ފުނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައިސްޕްލާންޓް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

މަސްވެރިންނަށް އައިސް ހޯދުމުގައި ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވަމުންނެވެ. މި މަސައްކަތުގެ ސަބަބުން މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ތެލަށް ކުރަންޖެހޭ ޚަރަދު ކުޑަކުރެވިގެންދާނެ ކަމަށް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

މި އައިސްޕްލާންޓް ޤާއިމްކުރެވުމާއެކު، އެ ސަރަހައްދުގެ މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުވެ، މަސްވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment