ޚަބަރު
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުން ޚިދުމަތް ދޭން ފަށައިފި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންތައް އައު ޓަރމިނަލަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. އައު ޓަރމިނަލްގެ މަސައްކަތް ނިންމާ، ބައު ޓަރމިނަލްގެ ޚިދުމަތްތައްވަނީ މިހާރު އައު ޓަރމިނަލަށް ވަނީ ބަދަލުކޮށްފައެވެ. މި މަސައްކަތްކޮށްފާވަނީ އޮރާޓާ ޕްރޮސެސްގެ ތެރެއިންނެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިންމާ އަންނަމަހު ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެމްއޭސީއެލްއިން ބުނީ ޓަރމިނަލްގެ މަސައްކަތް ބަދަލުކޮށްފައިވަނީ، ސިވިލް އެވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް، ކޯޑް ސީގެ މަތިންދާ ބޯޓުތައް ޖެއްސުމަށްޓަކައި ރަންވޭއާއި އިންވެގެން ހުރި ކުރީގެ ޓަރމިނަލް އިމާރާތާއި އެސަރަޙައްދުގައި ހުރި އުސްތަންތަން ހުސްކުރަންޖެހޭކަމަށެވެ.

ިހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ 80 އިންސައްތަ މަސައްކަތް ނިމިފައި ހުރިއިރު… ފޮޓޯ: ސަން އޮންލައިން

ޓަރމިނަލްގެ ޚިދުމަތްތައް ބަދަލުކޮށް އެމްއޭސީއެލްއިން ވަނީ ފަސިންޖަރުންނާއި ފުރާ ފަސިންޖަރުންނަށް ޚިދުމަތްދީ ޓަރމިނަލްގެ އޮޕަރޭޝަން ޗެކްކޮށްފައެވެ.

ހަނިމާދޫ އިންޓްރނޭޝނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވަނީ 2465 މީޓަރުގެ ދިގު، ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާބޯޓުކަމަށްވާ ބޮއިން 737 އާއި އެއަރބަސް A320ގެ ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއެއްގެ ގޮތަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment