ލ. ދަނބިދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެކު ސޮއިކޮށްފިއެވެ. 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހުސައިން ނިޙާދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީހް އަފީފެވެ.

ދަނބިދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމަށް އާރުޑީސީއާ އެކު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން… ފޮޓޯ: އާރުޑީސީ
ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގިނަ ރަށްރަށުގައި ދަނީ ފިޓްނެސް ސެންޓަރުތަކާއި ސްޕޯޓްސް ކޮމްޕްލެކްސް ފަދަ ތަންތަން ގާއިމު ކުރަމުންނެެވެ. އެއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.