ޚަބަރު
އައްޑޫ ޚިޔާލު ހޯދުމުގެ އާންމު ވޯޓަށް ރީ-ރަޖިސްޓަރވުމުގެ މުއްދަތު މާދަމާ އިރުއޮއްސި 6 ޖެހުމާ ހަމައަށް އިތުރުކޮށްފި

އައްޑޫސިޓީ ކައުންސިލް އެކުލެވިފައިވާގޮތާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ވޯޓުގައި ރީ-ރަޖިސްޓްރީވުމަށް ހުޅުވާލާފަވާ ފުރުޞަތު މާދަމާގެ އިރުއޮއްސި 6 ޖެހުމާ ހަމައަށް އިތުރުކޮށްފިއެވެ. އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓުލާން ކުރިން ރެޖިސްޓްރީވެފަވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ މީހުން ރީ ރެޖިސްޓަރވުމަށް ހުޅުވާލީ މިދިޔަ ބުދަ ދުވަހުއެވެ.

އިލެކްޝަނުން އޭރު ދީފަވަނީ 1 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް ވަގުތު އިތުރުކޮށްފަމިވަނީ ވީހާވެސް ގިނަ މީހުންނަށް އެ ފުރުޞަތު ދިނުމަށެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން ކުރިއަށްދާނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.

ވޯޓުލުމުގެ ޙައްގު ލިބިފައިވާ ފަރާތްތައް މިހާރު ރަޖިސްޓްރީވެފައިވާނީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް އެ ފަރާތެއް ރަޖިސްޓްރީކުރި ތަނެއްގައި ކަމަށެވެ. ހުޅުމާލެ އާއި ވިލިމާލޭގައި ރަޖިސްޓްރީކުރި ފަރާތްތައް މާލެއަށް ރަޖިސްޓްރީ ކުރެވިފައިވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އަދި މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ފިޔަވައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް، އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައިވާނެ ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment