ކ. ތިލަފުށީ ފަޅުތެރޭގައި އޮތް ސްޕީޑް ލޯންޗެއް ވަގަށްނެގުމަށްފަހު، ގެއްލުންދީ، އިންޖީނު ގިއަރެއް ވަގަށްނެގިކަމަށް ތުހުމަތުކޮށް، ދެ މީހަކު ހައްޔަރުކޮށް، ބަންދަށް މުއްދަތު ޖަހައިފިއެވެ.
ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ށ. ފޯކައިދޫ، ޗަބޭލީގޭ، އުމުރުން 30 އަހަރުގެ ޙަސަން ރަޝީދު އަޙްމަދާއި ށ. ފޯކައިދޫ ސިއުމާމަންޒިލް، އުމުރުން 27 އަހަރުގެ އިބްރާހިމް މަމްދޫޙެވެ.
މި ދެމީހުންގެ ބަންދަށް ކްރިމިކަލް ކޯޓުން ފަސް ދުވަހުގެ ބަންދު މުއްދަތެއް ދީފައިވެއެވެ.
“މީނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިޢުތިރާފުވެފައި، އަދި ކުށް ކުރެވުނީތީ ހިތާމަކުރާކަމަށް ބުނެފައިވޭ” ދެމީހުންގެ ބަންދު އަމުރުގައިވެސް ފާހަގަކޮށްފައިވެއެވެ.