ދިވެހިރައްޔިތުން، އެމްޑީޕީ އަށް ބޮޑުތަނުން ނޯ ބުނީ ރޯމާ ދުވާލު ބޮޑެތި ވައްކަންތައް ކޮށް، ރައްޔިތުންނަށް ހިޔާނާތްތެރިވެފައިވާތީ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަދި ޕީއެންސީ ހިތަދޫ އުތުރު ދާއިރާގެ ރައީސް މުޙައްމަދު ސިނާން ވިދާޅުވެއްޖެއެވެ. ސިނާން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެކްސް ޕޯސްޓުގައި، މިހާރުގެ ސަރުކާރަށް ފާޑުކިޔުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި، ސިނާން ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ އެބައިމީހުން ނޫން އެހެން އެއްވެސް ބައެއް ވެރިކަން ކުރާނަމަ ރަނގަޅު އެއްވެސް ކަމެއް ކުރެވޭ ކަމަށް ނުހެދުން ކަމަށެވެ. އަދި އެމްޑީޕީ ވެރިކަމުގައި ތިބި ދުވަހު ވީ ހިޔާނާތާއި ކުރި ވައްކަންތަކުގެ ވާހަކަވެސް ސިނާން ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން ސިނާން ވިދާޅުވީ، ރޯމާ ދުވަލު ބޮޑެތި ވައްކަންތައްކޮށް ދިވެހިން ނިކަމެތިވަމުން އައި ދުވަސްވަރެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިކުންނެވީ އެމްޑީޕީން ރައްޔިތުންނަށް ދެމުން އައި ހިޔާނާތްތަކުންނާއި އަނިޔާވެރިކަމުން މި ޤައުމު ސަލާމަތް ކޮށްދެއްވުމަށް ކަމަށެވެ.
އަދި ނުހަނު ފަސޭހަކަމާއެކު ބޮޑު ތަނުން ބޮޑު ނޯ އެއް ޖަހާ އެމްޑީޕީ ވެރިކަމުން ދިވެހިން ދުރުކުރީ ވެސް މި ސަބަބަށްޓަކައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“ނުހަނު ފަސޭހަކަމާއެކު ބޮޑު ތަނުން ބޮޑު ނޯ އެއް ޖަހާ އެމްޑީޕީ ވެރިކަމުން ދިވެހިން ދުރުކުރީ އެހެންވެ،” ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަދި ޕީއެންސީ ހިތަދޫ އުތުރު ދާއިރާގެ ރައީސް މުޙައްމަދު ސިނާން
އިތުރަށް ސިނާން ފާހަގަކުރެއްވި ގޮތުގައި މިއަދު ޚަރަދު ކުޑަކޮށް ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ފެށިގެންދާއިރު، އެމްޑީޕީން މިކަމާ ކަންބޮޑުވެ، ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށެވެ.
“މިއަދު ހަރަދު ކުޑަކޮށް ތަރައްގީގެ އެތައް މަޝްރޫޢު ތަކެއް ފައްޓަވާދެއްވާތަން ފެނުމުން ހިތައް ކުޅަދާނަ ނުވެގެން ކިޔޭ ނުކިޔޭ އެއްޗެއް ނޭގޭ ހިސާބަށް މިބައިގަނޑުގެ ކަންތައް ބޮޑުވެއްޖެއެވެ.” ސިނާން ވިދާޅުވިއެވެ. މިހާރުގެ ސަރުކާރުން ކުރަމުންދާ ތަރައްޤީގެ މަސައްކަތްތަކުގެ ސަބަބުން އެމްޑީޕީއަށް ދިމާވެފައިވާ ހިތްހަމަނުޖެހުން ސިފަކުރައްވަމުން ސިނާން ވިދާޅުވީ، ހަޤީޤަތަކީ މިއަދު އެމްޑީޕީ އޭ ކިއުނު ބަޔަކަށް އެއްވެސް ތާއީދެއް ލިބިފައި ނެތް ކަމަށެވެ.
“ހަގީގަތަކީ މިއަދު އެމްޑީޕީ އޭ ކިޔުނު ވަގުންގެ ބައިގަނޑަށް އެއްވެސް ތާއީދެއްވެސް ނެތްކަން،” ސިނާން