ޚަބަރު
ފަތިސްތަރި: ބައިވެރިޔާ ބޭވަފާތެރިވާކަން ދެނެގަތުމާއި ގުޅުން ސަލާމަތް ކުރަން ކުރެވިދާނެ ކަންތައް!

ކައިވެންޏަކީ ދެމަފިރިންގެ މެދުގައި އޮންނަ އިތުބާރާއި ލޯތްބުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. ނަމަވެސް މިޒަމާނުގައި ގިނަ ކައިވެނިތައް ނިމިގެން ދަނީ، ރައްޓެހިވެގެން ލޯބިން އުޅުނު ދުވަހަށްވުރެ ކައިވެނީގެ އުމުރު ކުރުވެ، އަވަސް ވަރިއަކުން ކަން ފާހަގަކުރަން ޖެހެނީ ހިތާމައާއެކުގައެވެ. މީގެ ސަބަބުތައް ގިނައިރު އޭގެ ތެރެއިން އާންމު އެއް ސަބަބަކީ ބައިވެރިޔާ ދޮގު ހެދުމާއި ބޭވަފާތެރިކަމެވެ.

އެހެންކަމުން، ބޭވަފާތެރިކަމުގެ ނިޝާންތައް ދެނެގަނެ، ގުޅުން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ މުހިންމުކަމެކެވެ. ސަބަބަކީ ދޮގު ހަދަން ފަށަނީ ތެދު ހެދުމަށް ޖާގަ ނެތިގެން ކަމަށް ވެސް ވެދާނެއެވެ. ތެދު ހަދައި ހަގީގީ ތިމާ ތިމާގެ ގޮތުގައި އުޅުމުގެ ފުރުސަތު އޮންނަ ނަމަ ބައިވެރިޔާ އެހެން ދިމާއަކަށް ދީލާނުލާނެއެވެ. ބައެއް ފަހަރު އެއްވެސް ސަބަބެއް ނެތި ތިމާގެ ކުށަކާ ނުލައިވެސް ބައިވެރިޔާގެ ފަރާތުން ކެހި ލިބެއެވެ. އެއީ ތަފާތު ހާލަތެކެވެ، މިއަދުގެ ފަތިސްތަރީގައި މި ބަލާލަނީ އެކަކު އަނެކަކު ދެނެގަނެ ލޯބިވެގެން ގަޔާވެ ރުހިގެން ކުރާ ކައިވެންޏެއްގައި ޝައްކާއި ވަހުމާއި ދޮގާއި ބޭވަފާ އައުމާ ގުޅޭ ގޮތުންނެވެ.

ބޭވަފާތެރިކަމުގެ މައިގަނޑު ނިޝާންތައް

މޯބައިލް ފޯނާއި ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ސިއްރުވެރިކަން އިތުރުވުމަކީ ބޭވަފާތެރިކަމުގެ އެއް ނިޝާނެވެ. މީގެ ތެރޭގައި ފޯނު މެސެޖުތަކާއި ކޯލްތައް ޑިލީޓްކުރުމާއި، މެސެޖުތަކަށް ޖަވާބުދިނުމަށް އެކަހެރިވުން ހިމެނެއެވެ. އަދި ސޯޝަލް މީޑިއާގައި އިތުރު އެކައުންޓްތައް ބޭނުންކުރުމާއި، އާދަޔާ ޚިލާފަށް އެކްޓިވްވުންވެސް ހިމެނެއެވެ.

އާއިލީ ގުޅުންތަކަށް އަންނަ ބަދަލުތައް: އާއިލާއާއެކު ހޭދަކުރާ ވަގުތު މަދުވެ، އާއިލީ ކަންކަމަށް ކުރިން ދެމުން އައި ސަމާލުކަން ކުޑަވުމަކީވެސް ސަމާލުވާންޖެހޭ ކަމެކެވެ. އަދި ކުދިކުދި ކަންކަމުގައި ފަސޭހައިން ރުޅިއައިސް، ޒުވާބުކުރުމަކީވެސް ގުޅުމަށް ދޭ އަހައްމިއްޔަތުކަން ކުޑަވެފައިވާކަން ދައްކުވައިދޭ ކަމެކެވެ.

މައްސަލަ ޖެހޭ ހުރިހާ ފަހަރަކީ ވަކިވުން ހައްލަކަށް ހަދަން ޖެހޭ ފަހަރެއް ނޫނެވެ. މައްސަލަ ދެނެގަނެ ހައްލު ކުރުން އިސްކުރާށެވެ.—- ފޮޓޯ: ކަނެކްޓިންޑޮޓްސް

ގުޅުން ސަލާމަތްކުރުމަށް އެޅިދާނެ ފިޔަވަޅުތައް: ކައިވެނީގެ ގުޅުމުގައި ދިމާވާ ކޮންމެ މައްސަލައަކީ ވަރިވާން ޖެހޭވަރުގެ ސަބަބެއް ނޫނެވެ. ގިނަ މައްސަލަތައް ހައްލުކުރެވެނީ ހުޅުވިގެންވާ މުއާމަލާތަކާއި، އެކަކު އަނެކަކަށް އިހްތިރާމްކުރުމާއެކު ވާހަކަދެއްކުމުންނެވެ. މިގޮތުން:

  • ބައިވެރިޔާއާއެކު އިޚްލާޞްތެރި މުއާމަލާތެއް ކުރުން
  • ޝައްކުތަކާއި ކަންބޮޑުވުންތައް ހިއްސާކުރުން
  • ކައުންސެލިންގ ނުވަތަ ފަރުވާގެ އެހީ ހޯދުން
  • އެކަކު އަނެކަކަށް ވަގުތު ދިނުން

ކައިވެނީގެ ގުޅުމެއްގައި އިތުބާރު ގެއްލުމަކީ ވަރަށް ބޮޑު ގެއްލުމެކެވެ. ނަމަވެސް، ދެމަފިރިން އެކުގައި މަސައްކަތްކޮށްގެން ގިނަ މައްސަލަތައް ހައްލު ކުރެވިދާނެއެވެ. މުހިންމީ އެކަކު އަނެކަކަށް އިޚްލާޞްތެރިވެ، ކެތްތެރިކަމާއެކު ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރުމެވެ. މައްސަލަ ޖެހޭ ހުރިހާ ފަހަރަކީ ވަކިވުން ހައްލަކަށް ހަދަން ޖެހޭ ފަހަރެއް ނޫނެވެ. މައްސަލަ ދެނެގަނެ ހައްލު ކުރުން އިސްކުރާށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment