ޚަބަރު
ސައިކަލުތަކަކަށް ގެއްލުން ދިން މައްސަލައެއްގަ މީހަކު ހޯދަން ފަށައިފި

ސައިކަލުތަކަކަށް ގެއްލުން ދިން މައްސަލައެއްގައި ދިވެހި ފުލުހުންގެ ޙިދުމަތުން މީހަކު ހޯދަން ފަށައިފިއެވެ. ފުލުހުން ވަނީ ސައިކަލްތަކަށް ގެއްލުން ލިބުނު ވީޑިއޯއެއް އާންމުކޮށްފައެވެ.

ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މީހަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ސައިކަލަކަށް ގެއްލުން ވެފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ޕާކިން ޒޯންތަކެއްގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއް ކައިރިން ފިރިހެން މީހަކު ދާތަން ފެންނައިރު، އެ މީހާގެ ގައިގައި ޖެހި ޕާކުކޮށްފައި ހުރި ތިން ސައިކަލު އެއްކޮށް ވެއްޓޭ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އަދި އަތުންވެސް ސައިކަލެއްގެ ފަހަތުގައި ހިފައްޓާލާ މަންޒަރުވެސް ފެނެއެވެ. އަދި ސައިކަލުތައް ވެއްްޓުމުން އެމީހާ އަޅާނުލާ ދާ މަންޒަރުވެސް ފެނެއެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދޭ ކަމަށެވެ.

މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment