ޚަބަރު
ރާއްޖެ އައި އިންޑިއާގެ ފަތުރުވެރިންގެ އަދަދު ލައްކައަކަށް!

މި އަހަރުގެ މިހާހިސާބަށް ރާއްޖެ އައި އިންޑިއާ ފަތުރުވެރިންގެ އަދަދު ލައްކައަކަށް އަރައިފިއެވެ. މި އަހަރު ފެށުނު ފަހުން ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި އިންޑިއާ އޮތީ ހަ ވަނައިގައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އެ ލިސްޓުގެ އެއްވަނައިގައ އޮތީ ޗައިނާއެއެ. އެއީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން އެކަނި ވެސް ރާއްޖެއަށް 284،933 ފަތުރުވެެރިން އައިސްފައިވެއެވެ.

ދެވަނައިގައި އޮތް ރަޝިޔާއިން 213،851 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު،  ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 152،884 ފަތުރުވެރިން އައިސްފައިވާއިރު، ހަތަރުވަނައިގައި އޮތް ޖަރުމަން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 126،892 ފަތުރުވެރިންނެވެ.

ސްޓުގެ ފަސްވަނައިގައި އޮތް އިޓަލީން 116،705 ފަތުރުވެރިން އައިސްފައިވާއިރު، ހަވަނައިގައި އޮތް އިންޑިއާއިން ރާއްޖެއަށް 100،596 ފަތުރުވެރިން އައިސްފައި ވެއެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،743،577 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، %10 ކުރިއެެރުމެކެވެ.

ރާއްޖެއަށް މިހާރު ދުވާލަކު 6،000 އަށް ގިނަ ފަތުރުވެރިން އަންނަ ކަަމަށް ދައްކާއިރު، މި މަހުގެ މިހާތަަނަށް 107،088 ފަތުރުވެރިން އައިސްފައި ވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment