ޚަބަރު
މިދިޔަ މަހު ގެއްލުނު 109 ސައިކަލު އަނބުރާ ހޯދައި, އަގު 6.8 މިލިޔަނަށް އަރާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި

މިދިޔަ މަހު ރިޕޯޓުކުރި 109 ސައިކަލު އަނބުރާ ހޯދާފައިވާ ކަމަށާއި، އެ ސައިކަލުތަކުގެ އަގު 6.8 މިލިޔަނަށް އަރާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތަކުގައި ދައްކާ ގޮތުން މިދިޔަ ސެޕްޓެންބަރުމަހު ގެއްލިގެން ރިޕޯޓުކުރި ތަކެތީގެތެރެއިން ޖުމްލަ 189 އެއްޗެއް ފުލުހުން ހޯދާފައިވާއިރު، އެ ތަކެތީގެ ތެރޭގައި މޯބައިލް ފޯނާއި ސައިކަލާއި ފައިސާ ހިމެނެއެވެ.

އެންމެ ގިނައިން ހޯދީ ސައިކަލެވެ. 109 ސައިކަލު ހޯދާފައިވާއިރު، އެސައިކަލުތަކުގެ އަގު 6،878،766 (ހަމިލިޔަން އަށްލައްކަ ހަތްދިހަ އަށްހާސް ހަތްސަތޭކަ ފަސްދޮޅަސް ހައެއް) ރުފިޔާއަށް އަރާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

ހޯދި މުދަލުގެ ތަފާސްހިސާބު:

• 109 ސައިކަލު: 6،878،766 ރުފިޔާ
• 13 މޯބައިލް ފޯނު: 154،562 ރުފިޔާ
• ފައިސާގެ 20 މައްސަލަ: 588،822.76 ރުފިޔާ
• 8 އިލެކްޓްރޯނިކްސް: 32،300 ރުފިޔާ
• 39 އެހެނިހެން ތަކެތި: 43،115 ރުފިޔާ

މާލެ ފްރޮންޓް ލައިންގައި ހަރަކާތްތެރިވި ފުލުހުންގެ މަސައްކަތާ ގުޅޭ ބައެއް ތަފާސްހިސާބުވެސް ފުލުހުން ވަނީ ހިއްސާކޮށްފައިވާ އިރު، މާލެ ސަރަހައްދުގެ 27464 ސަރަހައްދެއް ބަލައި ފާސްކޮށް، އަދި 1029 ގަޑިއިރާއި 55 މިނެޓު ވަންދެން މާލެ ތެރެ ފައި މަގުގައި ޕެޓްރޯލްކޮށްފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment