ޚަބަރު
ޣައްޒާގަ ދަތުރުކުރި އުޅަނދަކަށް ޙަމަލާދީ، އެ ޢާއިލާއަށް ނިސްބަތްވާ 11 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލު ސިފައިން، ފަލަސްޠީނުގެ ޣައްޒާ ސިޓީގެ ޒައިތޫން އަވަށުގައި ޢާއިލާއެއް ގޮވައިގެން ދަތުރުކުރި އުޅަނދަކަށް ޙަމަލާދީ، އެ ޢާއިލާއަށް ނިސްބަތްވާ 11 މީހުން ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ މަދަނީ ދިފާޢުގެ ތަރުޖަމާނު މަޙްމޫދު ބަސަލް ވިދާޅުވީ އެ މީހުން ޝަހީދުކޮށްލާފައި ވަނީ އެއްވެސް އިންޒާރެއް ދިނުމެއް ނެތި ކަމަށާއި، އެ ކަމުން ވެސް ދޭހަކޮށްދެނީ އިސްރާއިލުން އަދިވެސް ޣައްޒާގެ ރައްޔިތުންގެ ލޭއޮހޮރުވުމަށް ފެން ބޮވައިގެންފައިވާ މިންވަރު ކަމަށެވެ،

ޙަމާސުން ވެސް ވަނީ އިސްރާއީލުގެ މި ޙަމަލާ ކުށްވެރިކޮށްފައެވެ. އަދި އެއީ ބޮޑު ލޭއޮހޮރުވުމެއްގެ ގޮތުގައި ސިފަކޮށްފައެވެ. ހަމަާސް ޖަމާޢަތުން ބުނީ އިސްރާއީލުން އަބޫ ޝަމާން ޢާއިލާއަށް ޙަމަލާދީފައި ވަނީ ޙަމަލާ ދޭންޖެހޭ އެއްވެސް މަގުބޫލު ސަބަބެއް ނެތި ކަމަށެވެ.

ޙަމާސުން ވަނީ އެއްބަސްވުމަށް އިޚްތިރާމްކޮށް، އެއާ އެއްގޮތަށް އަމަލު ކުރުމަށް ހިތްވަރު ދިނުމަށް އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އެއްބަސްވުން އެކުލަވައިލުމުގައި އެހީތެރިވި ޤައުމުތަކުގެ ކިބައިން އެދިފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން  ޣައްޒާއަށް ދެމުންދިޔަ ލާއިންސާނީ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް އިސްރާއިލާ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ވެފައި ވަނިކޮށް، އިސްރާއީލުން ޣައްޒާއަށް އަނެއްކާ ވެސް ޙަމަލާތައް ދޭން ފަށައިފިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment