ޚަބަރު
މީޑިއާ ކޮމިޝަނަށް ކުރިމަތިލި 10 މީހުންގެ ތެރެއިން 2 މީހަކު ނަން އަނބުރާ ގެންގޮސްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރާ މެންބަރުކަމަށް ކުރިމަތިލި 10 މީހުންގެ ތެރެއިން 2 މީހަކު ނަން އަނބުރާ ގެންގޮސްފިއެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބުނި ގޮތުގައި ނަން އަނބުރާ ގެންގޮސްފައިވަނީ ޝަފީގާ ނައީމާއި ފާރިސް ތޯހާއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކަން ހާމަކުރެއްވީ މެންބަރުކަމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިންޓަރވިއު މަރުހަލާކުރިއަށްގެންދިޔަ 8 މީހުންނަކީ:

• ފާތުމަތު ފަހުމީ، ގދ. މަޑަވެލި، ސީނަރީ
• މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް
• ސަފާ ޝަފީގު، ދ.މީދޫ، ބިއްލޫރިވިލާ
• އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
• އިބްރާހިމް މުހައްމަދު، ގ. ވިންޑް
• މޫސާ ރިލްވާން، މ. ހާވިލާ
• ޝެހެނާޒް އަދުނާން، ދަފްތަރު ނަމްބަރު. ރ.ސ. 8580
• މުހައްމަދު ޝާމިން، އއ. ތޮއްޑޫ، ފިނިވާގެ

ބްރޯޑްކާސްޓިން ކޮމިޝަނަށް މަޖިލީހުން 3 މެންބަރުން އައްޔަން ކުރާނެއެވެ.  އެ ތިން މެންބަރުން އައްޔަން ކުރާނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިންޓަރވިއު މަރުހަލާ ނިންމައި، ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން %75 އަށްވުރެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ ނަންތައް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެންނެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބްރޯޑްކާސްޓިން ކޮމިޝަނަށް އިންތިޚާބަކާ ނުލައި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން 4 މެންބަރުން މިހާރު ވަނީ އިންތިޚާބުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment