ޚަބަރު
އައްޑޫގެ 3 އަވަށަށް މިހާރު ވަކި ބަޖެޓެއް ނޯވޭ، ކައުންސިލްތައް އުފެދިއްޖެނަމަ ވަކިވަކި ބަޖެޓް ލިބޭނެ: ރައީސް

އައްޑޫގެ ތިން އަވަށަށް މިހާރު ބްލޮކް ގްރާންޓްގެ އުސޫލުން ވަކި ބަޖެޓެއް ނޯންނަ ކަމަށާއި، ކައުންސިލްތައް އުފެދިއްޖެނަމަ ވަކިވަކި ބަޖެޓް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލ. ފޮނަދޫގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އައްޑޫގެ ތިން އަވަށުގައި ރަށު ކައުންސިލް އުފެއްދުމާ ގުޅޭ ވޯޓު ނެގުމަށް ނިންމެވީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދުމުގެ ގޮތުން ކަމަށެވެ. އަދި މި ވޯޓުގައި ސަރުކާރުން “ބޭނުންވާ ވަކި ގޮތެއް” ނެތް ކަމަށާއި، ބައެއް ފަރާތްތަކުން ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

“މިހާރު ފޭދޫ، މީދޫ، ހުޅުދޫއަކަށް ވަކި ބަޖެޓެއް ނޯވޭ. ބްލޮކް ގްރާންޓް އުސޫލަށް ބަލާއިރު ފޭދޫއަށް ލިބޭނެ ބްލޮކް ގްރާންޓްގެ ގޮތުގައި އަހަރަކު 25 މިލިއަން ރުފިޔާ، ހުޅުދޫ ކައުންސިލަށް 13 ނޫނީ 14 މިލިއަން ރުފިޔާ، މީދޫއަށް ލިބޭނެ އަހަރަކު 18 މިލިއަން ރުފިޔާ,” ރައީސް ވިދާޅުވިއެވެ.

މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އައްޑޫގައި ޖުމްލަ 11 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، މާލޭގައި ދިރިއުޅޭ އެ ރަށްރަށުގެ ރައްޔިތުންނަށް ވޯޓުލުމަށް 7 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ މި ވޯޓުގެ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ. މި ވޯޓަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނެގޭ ވޯޓެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment