ޚަބަރު
އަންނަ އަހަރުގެ ބަޖެޓުގަ ހިމަނުއްވައިގެން މުންޑޫ ބަނދަރުގެ މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ލ. މުންޑޫ ބަނދަރުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުންޑޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު މިއަދު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރަށު ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސް ވެރިންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު، މުންޑޫ ސްކޫލްގައި ކުރިއަށް ގެންދެވި މި މަޝްވަރާބައްދަލުކުރެއްވުމުގައި، މުންޑޫ ރައްޔިތުންގެ އާންމު އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރަށުގެ ކައުންސިލުން ވިދާޅުވީ ރަށަށް މިވަގުތު ބޭނުންވާ އެންމެ މުހިންމު ކަމަކީ ރަށުގެ ބަނދަރު ރަނގަޅުކޮށްދެއްވުން ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި އާއްމުންގެ ފަރާތުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ރަށުގެ ޞިއްޙީ ޚިދުމަތް މިހާރަށް ވުރެ ރަނގަޅުކޮށްދެއްވުމަށާއި، ރަށުގައި އަންހެނުން ވޮލީކުޅޭނެ ކޯޓެއް ހެދުން ހިމެއެވެ.

ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވައި، ކަންބޮޑުވުންތަކާއި، ޚިޔާލުފުޅުތަކަށް ރިޢާޔަތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި ކުރިއަށް ގެންދަވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ، ކުޅިވަރުގެ ވަސީލަތް ގާއިމްކޮށްދެއްވުމާއި، ޞިއްޙީ މަރުކަޒުން ބައެއް ޓެސްޓްތައް ހެދޭނެ ވަސީލަތް ގާއިމު ކުރުމާއި، ސްކޫލް އޭސީ ކުރުމުގެ މަސައްކަތް، މުންޑޫގައިވެސް ކުރިއަށް ގެންދަވަން ނިންމަވާފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު ވިދާޅުވީ މުންޑޫ ސްކޫލް އޭސީ ކުރުމުގެ އިތުރުން ހޯލުގައި ތަށިމުށިޖަހާ، ފަރުނީޗަރު ބަދަލުކޮށް އިމާރާތްވެސް އައު ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންކަން އަޑުއައްސަވައި، ޚިޔާލު ބަދަލުކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment