ޚަބަރު
2 ކޮންޓޭނަރ ސިނގިރޭޓު ވައްކަން: ކޮންޓެއިނަރުގެ ބައިތައް ހޯދީ ތިލަފުށިން، އިތުރު މީހަކު ހައްޔަރަށް

ކަސްޓަމުން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައިހުރި ދެ ކޮންޓޭނާގެ ސިގިރޭޓް ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލް އިން ގެއްލުނު މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރު މީހަކު ހައްޔަރުކޮށް، ކޮންޓޭނަރުގެ ބައިތައް ތިލަފުށިން ހޯދައިފިއެވެ.

މި މައްސަލައަކީ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބެހެއްޓިފައިވާ ދެ ކޮންޓެއިނަރެއްގެ ސިގިރެޓް ގެއްލުމާ ގުޅިގެން ތަހުގީގު ކުރެވެމުންދާ މައްސަލައެކެވެ. މި މައްސަލައިގައި މިހާތަނަށް އެކި ފަހަރު މަތިން ގިނަ ބަޔަކު ހައްޔަރުކުރެވި، ތަހުގީގުތައް ކުރިއަށް ގެންދެވިފައިވެއެވެ.

ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ތިލަފުށިން ވަނީ ގެއްލުނު ކޮންޓެއިނަރުތަކުގެ ބައިތައް ފެނިފައެވެ. މީގެ އިތުރުން މި މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ އިތުރު މީހަކު ވަނީ ހައްޔަރުކުރެވިފައެވެ. މި ހޯދުންތަކަކީ މައްސަލައިގެ ތަހުގީގަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމުގައި ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު އިތުރަށް ފުޅާކުރެވި، އިތުރު ހެކިތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އަދި މި މައްސަލައިގައި އިތުރު ފަރާތްތަކެއް ޝާމިލުވާކަމަށް ޝައްކުކުރެވޭތީ، އެފަދަ ފަރާތްތައް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ބުނެފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment