ޚަބަރު
ލ. އިސްދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލ. އިސްދޫގައި އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފިއެވެ. އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނު ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އިސްދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެމަނިކުފާނުގެ އަރިހުގައި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ދާއިރާގެ މެމްބަރު އިސްމާއިލް ޝަފީއުއާއި އިސްދޫ ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިސްދޫގައި އޭޓީއެމްގެ ހިދުމަތާއެކު އެ ރަށުގެ ރައްޔިތުންނަށް، 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުން އަދި ފައިސާ ފޮނުވުން ފަދަ ބޭންކިންގް ހިދުމަތްތައް ފަސޭހައިން ލިބިގެންދާނެއެވެ.

ބީއެމްއެލްގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް އޭޓީއެމް ނެތް ރަށް ރަށުގައި އޭޓީއެމް ބަހައްޓައި، މުޅި ރާއްޖޭގައި ބީއެމްއެލްގެ 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމްކުރުމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment