ޚަބަރު
އައްޑޫ އެއަރޕޯޓު ބޯޑުގެ ނޮން-އެގްޒެކްޓިވް މެންބަރަކަށް ޣާޒިޔާ، އެމްއޭސީއެލް ގެ ބޯޑަށް މުޖުތަބާ

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑަށް އައު މެންބަރުން އައްޔަންކޮށްފިއެވެ.

މިގޮތުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ބޯޑުގެ ނޮން-އެގްޒެކްޓިވް މެމްބަރުގެ މަޤާމަށް ސ. ފޭދޫ، އާބާދީގޭ ފާތިމަތު ޣާޒިޔާ ފަތުޙީ އައްޔަނުކޮށްފައިވެއެވެ. ފާތިމަތު ޣާޒިޔާ ފަތުޙީ އަކީ މިވަގުތު މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑުގެ އެގްޒެކްޓިވް މެމްބަރުގެ މަޤާމަށް ގއ. ދާންދޫ، މުޝްތަރީގޭ މުޖްތަބާ ލަތީފް އައްޔަނުކޮށްފައިވެއެވެ. މުޖްތަބާ ލަތީފް މިވަގުތު ހުންނެވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުގައެވެ.

މި އައްޔަންކުރެއްވުމާއެކު، ދެ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާވެ، އެއަރޕޯޓްތަކުގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ. އަދި މި ދެ ބޭފުޅުންގެ ތަޖުރިބާއާއި ހުނަރު ކުންފުނިތަކުގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment