ޚަބަރު
މީޑިއާ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލުގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފި

އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލުގެ މަޤާމަށް ކުރިމަތިލުމުގެ ފިރުސަތު ހުޅުވާލައިފިއެވެ. އެ މަޤާމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އުފެއްދި މި ކޮމިޝަނަށް ސެކްރެޓަރީ ޖެނެރަލަކު ނެގުމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން އެ ކޮމިޝަނުގެ އިދާރާއަށް ހުށައަޅަން ޖެހޭނެ ކަމަށެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ކޮމިޝަނުގެ އީމެއިލް admin@csc.gov.mv މެދުވެރިކޮށް ވެސް ބަލައިގަންނާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެ ވަޒީފާގެ ޝަރުތުތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ޙާޞިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ޙާޞިލުކޮށްފައިވާ މީހެއްކަމުގައިވުމެވެ.

އަދި މީޑިއާ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލަކަށް މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ނުވަތަ އެޑިޓަރެއްގެ މަޤާމު އަދާކުރަމުންދާ މީހަކަށް ނުވެވޭނެއެވެ. އަދި އޭނާއަކީ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ވެގެންނުވާނެއެވެ. މި މަޤާމުގެ އަސާސީ މުސާރައަކީ މަހަކު 20،500 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ ލިބޭނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment